Blogger Widgets
Showing posts with label Kiddsstory. Show all posts
Showing posts with label Kiddsstory. Show all posts

Monday, September 17, 2012

ކަނޑުމެދުގައި އޮންނަ ޖަޒީރާއެއްގައި އުޅެމުން އައި ދެމަފިރިއެކެވެ. މި ދެމަފިރިންގެ ތެރެއިން އަނބިމީހާގެ ކަމަކީ އަބަދުވެސް ކޮންމެވެސް ކަމަކާ ޝަކުވާކުރުމެވެ. އެއްބައިފަހަރު އަތްމަތި ދަތިކަމުންނެވެ. އަނެއްބައިފަހަރު އުޅޭ ގެގަނޑު ކުޑަކަމުންންނެވެ. އަނބިމީހާގެ ޝަކުވާތައް އަޑުއަހާ ކޮންމެ ފަހަރަކު ފިރިމީހާ ބުނެއެވެ. "ޝަކުވާނުކޮށް ކެތްކޮށްލާށެވެ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ހެޔޮގޮތެއް ވާނެއެވެ."

....އިތުރަށް ވިދާޅުވުމަށް

Saturday, September 15, 2012

އެމެރިކާ މީހެއްގެ ހުވަފެނެއް

އެމެރިކާގެ ވިޔަފާރިވެރިއަކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖޭގެ ރިސޯޓަކަށް އައެވެ. މިގޮތަށް އައިސް އުޅުނު ދަތުރެއްގައި ރާއްޖޭގެ ރަށްފުށު ދިރިއުޅުން ހުންނަގޮތް ބަލައި ލުމުގެ ސައުޤުވެރިކަން އުފެދި އެފަދަ ރަށަކަށް ޒިޔާރަތް ކުރިއެވެ.

....އިތުރަށް ވިދާޅުވުމަށް

Tuesday, August 28, 2012

އިބިލީހުގެ ދަރުބާރު

މެންދަންވުމާއެކު އިބިލީސް އޭނާގެ ތަޚުތު ފުރާތުކޯރުގައި ފެނުގެ ސަޠަޙަމަތީ ބެހެއްޓިއެވެ. އަދި ޒާތެއްގެ އަޑަކުން ހޭރިގަތުމާއެކު އޭނާގެ އައުލާދު އެކި ދިމަދިމައިން ތެޅެމުން ފޮޅެމުން އެތަނަށް އަތުވެއްޖެއެވެ. އެންމެން އައިސް ހަމަވުމުން އިބިލީސް ތަޚުތުގައި އިށީދެ އެރޭގެ ދަރުބާރު ފަށާގަތެވެ. ފުރަތަމަ އޮތީ އެދުވަހު މީހުން މަގުފުރެއްދުނުވަރު ބަލައި އިމްތިޙާނުކުރުމެވެ.

....އިތުރަށް ވިދާޅުވުމަށް