Blogger Widgets

Saturday, December 8, 2012

ސައިންސުގެ ހޯދުންތައް އިސްލާމްދީނުން ކަށަވަރުކޮށްދެއެ.

މަޤުސަދު:
1-   އިސްލާމްދީނާއި ސައިންސާއިހުރި ގުޅުން ހާމަކޮށްދިނުން.
2-   އެހެން ދީންތަކުގެ އަހުލުވެރިން އިސްލާމްދީނާއި ކީރިތި ޤުރުޢާނަކީ މުސްކުޅި ހަމައެކަނި ސަހަރާއާ ގުޅުންހުރި އެއްޗެއްކަމަށް ދެކޭދުކުމަށް ރައްދެއް ދިނުން.
3-   ސައިންސުގެ ހޯދުންތައް އިސްލާމްދީނުން ކަށަވަރު ކޮށްދޭކަން ބަޔާންކޮށްދީ އެކަމުން ހާމަވެގެންދަނީ ކޮންކަމެއްކަން ބުނެދިނުން.
4-   ބައެއް ފަހުގެ ސައިންސުގެ ހޯދުންތައް ބުނެދީ އެކަންކަން ކީރިތި ޤުރުޢާނުގައި ބަޔާންވެގެންވާކަން ދަލީލުން ދެއްކުން.
ތައާރަފް
ސައިންސާއި ކީރިތި ޤުރުޢާނާއި ހުރިގުޅުން.
     ހަޤީގަތުގައި ސައިންސާއި ކީރިތި ޤުރުއާނާއި ވަނީ ގުޅި ލާމެހިފައެވެ. ސައިންސާއި ކީރިތި ޤުރުއާނާއި ގުޅި ލާމެހިފައިވާ މައިގަނޑު އެއްސަބަބަކަށްވަނީ ކީރިތި ޤުރުއާންގައި ހުށަހަޅައި ދީފައިވާ ކަންތައްތަކަކީ އެހެން އެއްވެސް ދީނެއްގައި އަދި އެހެން އެއްވެސް ފޮތެއްގައި އާއްމުކޮށް ހުށަހަޅައި ދެވިފައިވާ އެއްޗިއްސަށް ނުވާތީއެވެ. އެއީ މިއަދުގެ ސައިންސުވެރިން އެކަމަކަށް އެއްމެ ބޮޑަށް ބޭނުންވެފައިވާ އެއްކަންތަކެވެ. ކާއިނާތް މަސައްކަތް ކުރަމުންދާ ގޮތާއި މެދުގައި އެތަކެއް ތަފާތު ހިޔާލްތަކެއް އަދި އެތަކެއް ތަފާތު ތިޔަރީތަކެއް ނެރެ އާންމު ކުރަމުންދާ އެތަކެއް ބަޔަކު މިއަދު މިދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެބަތިއްބެވެ. އެކަމަކު ސއިންސުވެރިންގެ މުޖުތަމައުން އެމީހުންގެ ގިނަ ފަލްސަފާތަކަށާއި އަދި ތިއަރީތަކަށް ސަމާލް ކަމެއް ނުދެއެވެ. މިގޮތަށް ދިމާވާންޖެހޭ މައިގަނޑު އެއްސަބަބަކީ މި ޤަރުނުގެ ސައިންސުވެރިން އަބަދުވެސް ބޭނުންވަނީ އެތިއަރީ ތަކާއި  ފަލްސްފާ ތަކަކީ ހަޤީގަތް ނޫންކަން ބެލޭނެ ގޮތްތަކެއް ނުވަތަ މިންގަނޑު ތަކެއް ކަނޑައ އެޅިފައި އޮތުމަށެވެ. މީގެ މިސާލަކީ އަހަރެން ދެކޭ ގޮތުގައި ދުނިޔެ ޤިޔާމަތް ވާނީ 2013 ވަނަ އަހަރުގެ 13 ޑިސެންބަރުގައި އިރު ދުނިޔެއާ ކައިވަތަކަށް ކައިރިވެ ދުނިޔެ ގޮވައިގެންނެ މިއީ ދޮގެއްކަން ކަށަވަރު ކުރުމަށްޓަކައި އިރު ގަޑިޔަކު 1 ފޫޓް ދުނިޔެއާ ގާތްވަމުން ނުދޭތޯ ބަލާށެވެ. އެގޮތުން ސައިންސްވެރިން ބުނާ އާންމު ބަހެއްގައި ވެއެވެ. "ކަލޭމެންގެ އަތުގައި ތިއަރީއެއް ވާނަމަ އެއެއްޗެއްގެ ދޮގު ތެދު ތަޙުލީލް ކުރެވޭނެ ގޮތްތަކެއް ކަނޑައެޅިފައި ނުވާހާ ހިނދަކު އެކަމަކާ އަހަރެމެންނާ ނުބައްސާށެވެ"
     ނަތީޖާއަކަށް ވެގެންދިޔައީ ނިމިދިޔަ ޤަރުނުގެ ކުރީކޮޅުގައި ސައިންސްވެރިން ތިއަރީތަކާއި އެފަދަ ޓެސްޓްތަކަށް ސަމާލްކަން ދޭންފެށުމެވެ. އެގޮތުން އެއިންސްޓަން އާއި އެނާގެ އައު ތިއަރީއަށް ސަމާލްކަން ދެވުނެވެ. އޭނާ އާތިއަރީއެއް ގެނައުމަށްފަހު ބުނެފައި ވެއެވެ. އަހަރެން ޤަބޫލްކުރާ ގޮތުގައި ކާއިނާތް މަސައްކަތް ކުރަނީ މިގޮތަށެވެ. އަދި ފަހަރެއްގައި މިއީ ދޮގަކަށް ވަންޔާ މިއޮތީ މިކަން ދޮގުތޯ ތަޙުލީލް ކުރެވޭނެ ތިންގޮތެވެ. އެގޮތުން ސައިންސުވެރިންގެ މުޖުތަމައުން އެތިޔަރީ ބަލައިގަނެ 6 އަހަރު ދުވަސްވަންދެން އޭގައިވާ 3 ގޮތް ތަހުލީލް ކުރިއެވެ. އެކަމަކު ހަމަ ޔަޤީނުންވެސް އެއީ ހަޤީގަތެއް ކަމެއް ކަށަވަރެއް ނުކުރެވުނެވެ. އެކަމަކު އެކަމާ ގުޅިގެން ކަށަވަރު ކުރެވުނު އެއްކަމަކީ އެތިއަރީއަށް ސަމާލްކަން ދޭންޖެހުނީ އޭނާ ބުނެފައިވާ ބަހެއްގެ ސަބަބުންކަމެވެ. " މިއީ އަހަރެންގެ ހިޔާލް އަދި މިކަން މިއީ ދޮގެންކަން ކަށަވަރު ކޮށްދޭން ބޭނުމިއްޔާ އެކަން ކުރާށެ އަދި މިކަން ކުރާށެ"
     އެގޮތުން ބަލާއިރު ދޮގެއްކަން ކަނޑައެޅުމުގެ ތަހުލީލުން ކީރިތި ޤުރުއާނުގައި ބަޔާންވެ އައިސްފައިވާ ކަންތައްތައް ވަނީ ފާސްވެފައެވެ. ކީރިތި ޤުރުއާން ބިމަށް ބާވާލެއްވި ފަހުން އެތައް ޖީލެއް ނެތި ހިގައްޖެއެވެ. އަދި އެތައްބަޔަކު މިއަދު މުސްކުޅިންގެ ގޮތުގައި އެބަތިއްބެވެ. އެގޮތުން އެއެއްމެންވެސް ވަނީ ޤުރުއާނަކީ ތެދު ހަޤީގަތް ކަމުގައި ކަށަވަރު ކޮށްދީފައެވެ. އަދި މިއަދު ސައިންސްވެރިންނާއި، އިލްމީގޮތުން ޤާބިލް އެތައްބަޔަކު އެބަތިއްބެވެ. އެގޮތުން އޭގެ މާނައަކީ ކީރިތި ޤުރުއާން އެއީ ﷲގެ ހަޒުރަތުން ބާވާލެއްވިފައިވާ ފޮތެއް ކަމުގައި ނުވާނަމަ އެމީހުން "އެއޮށް ކަންތަކާ" މިއޮށް ކަންތަކާ" މިއޮށް ތަހުލީލާ" "އެއޮށް ތަހުލީލާ" ހަދައިގެން އެފޮތް ދޮގުކުރީހެވެ. އެކަމަކު ހަޤީގަތަކީ ފާއިތުވެ ދިޔަ 1400 އަހަރު ދުވަހުގެ ތެރޭގައިވެސް އެއްވެސް މީހަކަށް "އެއޮށް ކަންތަކާ" "މިއޮށް ކަންތަކާ" "އެއޮށް ތަހުލީލާ" "މިއޮށް ތަހުލީލް" ހެދުމުގެ ޤާބިލްކަން ލިބިފައި ނުވާކަމެވެ. އެގޮތުން އަދި އަދަށް ދާންދެންވެސް ކީރިތި ޤުރުއާން ބެލެވިފައިވަނީ އެއްވެސް ސައްކެއްނެތް ބަޔާންވެގެންވާ ހަޤީގަތެއް ކަމުގައެވެ. އެގޮތުން ކީރިތި ޤުރުޢާނަކީ ސައިންސުގެ ހަޤީގަތް ހާމަކޮށްދޭ ހެއްކެކެވެ.

އެހެންދީންތަކުގެ އަހުލުވެރިން އިސްލާމްދީނާއި އަދި ކީރިތި ޤުރުއާނާއި މެދު ދެކޭގޮތް

     އަސްހާބު ޒަމާނުގައިވެސް އެހެންދީންތަކުގެ އަހުވެރިން އިސްލާމްދީނަކީ ހައްޤު ދީންކަމުގައި ޤަބޫލްކުރެއެވެ. އެކަމަކު އެމީހުންގެ ކާބަފައިންގެ ދީންތަކުގައި ހިފެހެއްޓުމަށްޓަކައި ގޮތްދޫނުކޮށް އެގޮތަށް ތިބީއެވެ. އެމީހުން ކީރިތި ޤުރުއާނަށް ނިސްބަތްކޮށް ބުނަމުން ގެންދިޔައީ ކީރިތި ޤުރުއާނަކީ ކާއިނެއް ނަވަތަ ސާއިރެއްގެ ބަސްތަކެއް ކަމަށެވެ. ނުވަތަ ކުރީގެ ފުލޯކު ވާހަކަ ތަކެއް ކަމަށެވެ. އެގޮތަށް އެބަސްތައް ބޭނުން ކުރަމުންގެންދިޔަ މައިގަނޑު އެއްސަބަބަކީ ކީރިތި ރަސޫލާއަކީ އަމިއްލަފުޅަށް އެފަދަ ބަލާޤާތްތެރި ބަސްތަކެއް ގެނެވޭނެ ފަދަ ބޭފުޅެއްކަމަށް އެމީހުން ޤަބޫލް ނުކުރާތީއެވެ. އެގޮތުން ކީރިތި ރަސޫލާއަކީ މިއުއްމަތުގެ ނަބިއްޔާ ކަމާއި، ކީރިތި ޤުރުއާނަކީ އެކަލޭގެފާނާށް ބާވާލެއްވުނު ފޮތް ކަމާއި، އަދި ހައްޤް ދީނަކީ އިސްލާމްދީންކަން އެގޭއިރުވެސް އެމީހުން އެކަން ވަންހަނާކުރެއެވެ. އެކަންވަނީ ކީރިތި ޤުރުޢާނުގައި އަންގަވާފައެވެ. " ތިމަން ރަސްކަލާގެ އެއުރެންނަށް ފޮތްދެއްވި މީހުން އެއުރެންގެ އުފަންދަރިން ދަންނަ ފަދައިން ކަލޭގެފާނު އެބަހީ މުހައްމަދުގެފާނު ދަންނާނެތެ އަދި އޭގެ ތެރެއިން ގިނަ ބަޔަކު ދެނެތިބެމެ ހައްޤު ވަންހަނާ ކުރާކަން ކަށަވަރެވެ" ( ބަޤަރާ ސޫރަތުގެ 146ވަނަ އާޔަތުގެ މާނަ)
     ހަމައެއާއިއެކު އަސްހާބު ޒަމާނުގައި މުސްލިމުންނާއި މެދު އެހެންދީންތަކުގެ އަހުލުވެރިން ދެކެމުން އަންނަނީ މުސްލިމުންނަކީ ނިކަމެތިންގެ ގޮތުގައެވެ. އެގޮތަށް އެމީހުން ދެކެންޖެހުނު މައިގަނޑު ސަބަބަކީ އެދުވަސްވަރު އިސްލާމްދީން ޤަބޫލްކޮގެން ކީރިތި ރަސޫލާގެ އަރިހުގައިތިބި ބޭފުޅުންގެ ތެރެއިން ގިނައީ ނިކަމެތިން ކަމުގައި ވުމެވެ. އަދި އިސްލާމްދީން އައުމަށްފަހު މުއްސަދިންނާއި ނިކަމެތިން ހަމަ ހަމަ ވެގެންދިޔަ ދިޔުން އެއީ އެކަމުގެ އެއްސަބަބެއް ކަމުގައިވިއެވެ. އަދި އެކަމަކީ އެހެންދީންތަކުގެ އަހުލުވެރިންގެ ތެރެއިން މުއްސަނދިންނަށް ޤަބޫލްކުރަން އުދަގޫ ކަމަކަށްވެ އެކަމާހެދި އިސްލާމްދީން ޤަބޫލްކުރަން އެމީހުން އިންކާރު ކުރަމުން ދިޔައެވެ. އެހެނެއްކަމަކު އިސްލާމދީނުގައި މީސްތަކުންގެ ހަމަހަމަކަން ބަޔާން ކުރައްވާ ކީރިތިރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފުނަލުގެ ދަތްތައް ފަދައިން މީސްތަކުން ހަމަހަމައެވެ"
     މިޒަމާނުގެ އެހެން ދީންތަކުގެ އަހުލުވެރިން ކީރިތި ޤުރުއާނާ ބެހޭ އެއްމެ ފުރިހަމަ މަޢުލޫމާތު ނުލިބިތިބެ ކީރިތި ޤުރުޢާނާމެދު ދެކެމުން އަންނަނީ އެފޮތަކީ 14 ވަނަ ޤަރުނުގެ ތެރޭގައި އަރަބި ހަނަފަސް ސަހަރާގެ ތެރެއިން އައިސްފައިވާ މުސްކުޅި ފޮތެއް ގޮތުގައެވެ. އަދި އެމީހުން ދެކޭގޮތުގައި ކީރިތި ޤުރުއާނުގައި ހިމެނޭނީ ހަނަފަސް ސަހަރާތަކާއި ގުޅުންހުރި މުސްކުޅި ވާހަކ ތަކެކެވެ. ނަމަވެސް އެމީހުންނަށް ކީރިތި ޤުރުއާނާ ބެހޭ ސައްހަ މަޢުލޫމާތު ލިބުމުން ކީރިތި ޤުރުއާނުގައި ހިމެނިގެންވަނީ ހަމައެކަނި ހަނަފަސް ސަހަރާތަކާއި ބެހޭ މަޢުލޫމާތު ނޫންކަމާއި، ކަނޑާ، މޫދާ، ތޫފާންތަކާ އަދި އެހެނިހެން މަޢުލޫމާތުތައްވެސް ހިމެނިގެން ވާކަން އެމީހުންނަށް އެގި އެކަމާ ހައިރަންވެ އަންތަރީސްވެއެވެ. އަދި ބައެއް މީހުން އެފަދަ ކަންކަމާއި ގުޅިގެން އިސްލާމްދީން އިހުތިޔާރު ކޮށްފައިވެސް ވެއެވެ. އެފަދަ އެއް ހާދިސާއެއް މި ލިޔުމުގައި ހިމަނާ ލާނަމެވެ.
     މީގެ އެތައް އަހަރެއްގެ ކުރިން ޓޮރޮންޓޯގައި ބޯޓް ދަތުރު ކުރުމަށް ކަނޑު ބޯޓެއްގައި އޭނާގެ ދިރިއުޅުން ވޭތިކުރި މީހެއްގެ ވާހަކަ އަޑު އެހީމެވެ. އޭނާގެ މުސްލިމް ރަހުމަތްތެރިއަކު އޭނާއަށް ކީރިތި ޤުރުޢާނުގެ ތަރުޖަމާއެއް ކިޔާލުމަށްޓަކައި ދިނެވެ. ބޯޓް ދަތުރުކުރާ މީހާއަށް އިސްލާމްދީނުގެ ތާރީޚާއި އަދި އިސްލާމްދީނާ ބެހޭގޮތުން މާކަގިނަ މަޢުލޫމާތެއް ލބިފައެއް ނެތެވެ. އެހެންނަމަވެސް ކީރިތި ޤުރުޢާން ކިޔެވުމަށް ސަޢުޤުވެރިކަން އުފެދި އެފޮތް ކިޔަވަމުން ދިޔައެވެ. އަދި ކިޔާ ނިންނުމަށްފަހު ރަހުމަތްތެރިޔާއަށް ފޮތް ރައްދުކޮށްދީ އަދި ފޮތާއި ބެހޭގޮތުން ސުވާލްކުރިއެވެ. " މި މުހައްމަދަކީ ކަނޑުދަތުރު ކުރި މީހެއްހެއްޔެވެ " ކީރިތި ޤުރުއާނުގައި ކަނޑާއި، ކަނޑުގެ ތޫފާންތަކާއި ބޭހޭގޮތުން އައިސްފައިވާލެއް ފުރިހަމަކަމުން އޭނާހުރީ ހައިރާންވެފައެވެ. ރަހުމަތްތެރިޔާ ޖަވާބުގައި ނޫނެކޭބުނެ، ދުވަހަކުވެސް ކަނޑުދަތުރު ކުރެއްވިކަން އެނގެން ނެތް ކަމަށާއި، ދިރިއުޅުއްވީ ސަހަރާގައި ކަމަށް ބުންޔެވެ. އަދި އެކަމާ ވަކިން ބޮޑަށް ބޯޓް ދަތުރުކުރާ މީހާ ހައިރާންވެ ހަމަ ވަގުތުން އިސްލާމްދީން ޤަބޫލް ކުރިއެވެ. ...ނުނިމޭ..



No comments:

Post a Comment