الحمد لله وحده والصلاة والسلام على من لا نبي بعده
وعلى آله وصحبه ومن تبعه. وبعد:
ފަރުޟު
ނަމާދު އަޅާމީހުން ﷲއަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ނަމާދުއަޅާމީހުންނަށް
ދުނިޔެއާއި އާޚިރަތުގައިވަނީ ނިކަމެތިކަމާއި ގަދަފަދަ ޢަޛާބެވެ. އަދި
ކައްވަޅުގައިވެސްވަނީ ނިކަމެތިކަމެވެ. އެފަދަމީހުންނަށް ދުނިޔެމަތީގައި ޝައިޠާނުން
ފާކުރައްވާނެކަމަށްވަނީ އަންގަވާފައެވެ.
މާތްﷲ ވަޙީކުރެއްވިއެވެ.
وَمَن يَعْشُ عَن ذِكْرِ الرَّحْمَـٰنِ
نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ ﴿٣٦﴾ (الزخرف:
٣٦) މާނައީ: "رحمن ވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ދެކޮޅުހަދާމީހާމީހާއަށް ތިމަންރަސްކަލާނގެ شيطان އެއް ފާކުރައްވާހުށީމެވެ. ފަހެ، شيطان އާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ." އަދި އެފަދަމީހުންނަށްވަނީ ދަތި އުނދަގޫވެގެންވާ
ދިރިއުޅުމެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ. وَمَنْ
أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ
الْقِيَامَةِ أَعْمَىٰ ﴿١٢٤﴾
قَالَ رَبِّ لِمَ حَشَرْتَنِي أَعْمَىٰ وَقَدْ كُنتُ
بَصِيرًا ﴿١٢٥﴾ قَالَ
كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا وَكَذَٰلِكَ الْيَوْمَ تُنسَىٰ ﴿١٢٦﴾ (طه:
١٢٤ - ١٢٦) މާނައީ: " އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން
އެއްކިބާވެގަންނަމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި
ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشر އަށް ފޮނުއްވާހުށީމެވެ. އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ محشر އަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ. އެކަލާނގެ وحى ކުރައްވާނެތެވެ. ހަމައެފަދައިން ތިމަންރަސްކަލާނގެ آية ތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެ آية ތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން
ހަނދާން ނައްތައިލެވޭނެތެވެ. (އެބަހީ: ﷲ ގެ رحمة ން محروم ކޮށްލެވޭނެތެވެ.)"
ދަންނާށެވެ!
ޛިކުރުގެތެރެއިން އެންމެމުހިންމު، އެންމެ ބޮޑުކަމަކީ ނަމާދެވެ. ﷲ ތަޢާލާ
ވަޙީކުރެއްވިއެވެ. وَأَقِمِ
الصَّلَاةَ لِذِكْرِي ﴿١٤﴾ (طه:
١٤) މާނައީ: "އަދި ﷲ ހަނދުމަކުރުމަށްޓަކައި ނަމާދު ޤާއިމްކުރާށެވެ."
ދެންފަހެ
ﷲ ޞުބުޙާނަހޫވަތަޢާލާ އެމީހަކާ ޝައިޠާނެއް ފާކުރައްވާ، ދަތި އުނދަގޫ ދިރިއުޅުމެއްދެއްވާ، ލޯކަނުމީހެއްގެ ގޮތުގައި
މަޙްޝަރުކުރައްވާ، ﷲގެ ރަޙްމަތުން ބޭރުކޮށްލުމަކީ ކިހާދެރަ ނިކަމެތިކަމެއްތޯއެވެ!
އަދި މީގެއިތުރުންވެސް ﷲ ތަޢާލާ ނަމާދު އަޅަމީހުން މަޙްޝަރުކުރައްވަނީ
ކޮންބަޔަކުންނާއެކުގައިތޯއެވެ. މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުން
ޢަމުރުބުނުލްޢާޞް ވިދާޅުވިއެވެ. އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް
ނަމާދުގެ ވާހަކަފުޅު ޛިކުރުކުރައްވަމުން ޙަދީޘްކުރެއްވިއެވެ. "من
حافظ عليها كانت له نورا وبرهانا ونجاة يوم القيامة ومن لم يحافظ عليها لم يكن له
نور ولا برهان ولا نجاة وكان يوم القيامة مع قارون وفرعون وهامان وأبي بن
خلف". (رواه أحمد والدارمي والبيهقي في شعب
الإيمان وقال الشيخ الألباني: صحيح) "ނަމާދުގެ
މައްޗަށް ރައްކާތެރިވެއްޖެމީހާ ދަންނާށެވެ. އެނަމާދު އޭނާއަށް ޤިޔާމަތް ދުވަހުގައި
ނޫރެއްކަމުގައާއި، ބުރުހާނެއްކަމުގައާއި، (ޢަޛާބުން މިންޖުކޮށްދޭނެ) ނަޖާތެއްކަމުގައި
ވާނެއެވެ. އަދި ނަމާދުގެމައްޗަށް ރައްކާތެރި ނުވެއްޖެމީހާ ދަންނާށެވެ. އެނަމާދު
އޭނާއަށް ޤިޔާމަތް ދުވަހުގައި ނޫރެއްކަމުގައާއި، ބުރުހާނެއްކަމުގައާއި، (ޢަޛާބުން
މިންޖުކޮށްދޭނެ) ނަޖާތެއްކަމުގައި ނުވާނެއެވެ. އަދި ޤިޔާމަތްދުވަހު އޭނާވާހުށީ
ޤާރޫނާއި ފިރުއައުނާއި ހާމާނާއި އުބައްޔުބުން ޚަލަފާއި އެކުގައެވެ."
ނިކަންވިސްނާބަލާށެވެ.
ޤިޔާމަތްދުވަހުގައި ނަމާދަށް ރައްކާތެރިނުވާމީހުން މަޙްޝަރުކުރެވެނީ ކުފުރުގެ
ބޮޑެތި އިމާމުންނާއެކުގައެވެ. އެފަދަ މީހެއްގެ ހަލާކާމެދު އެއްވެސް
ޝައްކެއްވޭހެއްޔެވެ. އިބުނުލް ޤައްޔިމު رحم
الله ވިދާޅުވިއެވެ. " وهو أن تارك المحافظة على
الصلاة إما أن يشغله ماله أو ملكه أو رياسته او تجارته فمن شغله عنها ماله فهو مع
قارون ومن شغله عنها ملكه فهو مع فرعون ومن شغله عنها رياسة ووزارة فهو مع هامان
ومن شغله عنها تجارته فهو مع أبي بن خلف" (الصلاة
وحكم تاركها لإبن قيم الجوزية ص 63,64)
މާނައި: "އަދި އޭނާ ނަމާދުން ރައްކާތެރިވުން
ދޫކޮށްލާ، ޣާފުލުކޮށްލި އެއްޗަކީ އޭނާގެ މުދަލެވެ. ނުވަތަ އޭނާގެ ވެރިކަމެވެ.
ނުވަތަ އޭނާގެ ރިޔާސަތެވެ. ނުވަތަ އޭނާގެ ވިޔަފާރިއެވެ. ފަހެ އޭނާގެ މުދާ ނަމާދުން
ޣާފިލުކޮށްފިކަމުގައިވާނަމަ އޭނާވާހުށީ ޤާރޫނާއެކުގައެވެ. އަދި އޭނާގެ ވެރިކަން
ނަމާދުން ޣާފިލުކޮށްފިކަމުގައިވާނަމަ އޭނާވާހުށީ ފިރުޢައުނާ އެކުގައެވެ. އަދި
އޭނާގެ ރިޔާސަތާއި ވަޒީރުކަން އޭނާގެ ނަމާދުން ޣާފިލުކޮށްފިނަމަ އޭނާވާހުށީ ހާމާނާ
އެކުގައެވެ. އަދި އޭނާގެ ވިޔަފާރި ނަމާދުން ޣާފިލުކޮށްފިކަމުގައިވާނަމަ އޭނާވާހުށީ
އުބައްޔުބުން ޚަލަފާއިއެކުގައެވެ."
حي علي اصلاة, حي علي اصلاة (ނަމާދަށް އަވަހަށް އަންނާށެވެ. ނަމާދަށް އަވަހަށް އަންނާށެވެ.) މިފަދައިން
ދުވާލަކު ފަސްވަގުތު ގޮވާލެވެއެވެ. ނަމަވެސް މިނިދާގެ އަޑު އިވެނީ ކިތައްކިތައް
މީހުންނަށްހެއްޔެވެ. ފުރަގަސްދީ މިދެވެނީ ކޮންފަދަ މަތިވެރިފަރާތެއްގެ
ނިދާއަކަށްކަން ހަމަ ނޭގެނީ ބާވައެވެ. މިނިދާއަށް އިޖާބަދީފިނަމަ ކޮޅުނެތްކޮޅުގެ
ކާމިޔާބުވަނީ ހަމަ އެމީހަކަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަމާދުގެ
މައްޗަށް ރައްކާތެރިވާ މީހުންނަށްހުރި އުފާވެރި ޚަބަރުގެވާހަކަ ބަޔާންކުރައްވަމުން
ޙަދީޘްކުރެއްވިއެވެ. "أبشرُوا، أبشرُوا، إنه من
صلى الصَّلوات الخمسَ، واجْتنبَ الكبائر، دخلَ من أيِّ أبوابِ الجنّة شاءَ" (أخرجه الطبراني وقال الشيخ الألباني: صحيح)
މާނައީ: "އުފާކުރާށެވެ! އުފާކުރާށެވެ!
ހަމަކަށަވަރުން ފަރުޟު ފަސް ނަމާދުކޮށް، ބޮޑެތި ފާފަތަކުން ދުރުހެލިވެއްޖެނަމަ
އެމީހަކަށް ސުވަރުގޭގެ ބޭނުންދޮރުކޮޅަކުން ވަދެވޭނެއެވެ."
ނަމަވެސް
މިމަތިވެރިވި ނިދާއަށް އިޖާބަނުދީފިނަމަ ގެއްލުމާއި ހަލާކު ހުރީވެސް ހަމަ
އެމީހަކަށެވެ. މާތް ނަބިއްޔާވަނީ އެފަދަމީހުންނަށް އޮތް ބަދުނަޞީބުގެވާހަކަ
އަންގަވާދެއްވާފައެވެ. މާތްﷲ ރުއްސުންލެއްވި އުންމު އައިމަންގެ އަރިހުން
ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ. "لا تترك الصلاة متعمدا فإنه
من ترك الصلاة متعمدا فقد برئت منه ذمة الله ورسوله"
(رواه أحمد والبيهقي
وقال الشيخ الألباني: صحيح لغيره) މާނައި: "ތިބާ ގަސްދުގައި ނަމާދު ނާޅާށެވެ.
ފަހެ ހަމަކަށަވަރުން ގަސްދުގައި ނަމާދު އަޅާފިމީހާ، ﷲއާއި އެކަލާނގެ ރަސޫކާގެ
ޛިންމާއިން ބަރީއަވެއްޖެއެވެ."
ފަހުން
އަންނަބަޔަކު ނަމާދުއަޅާ ޝަޙުވަތަށް ތަބާވާނެކަމަށް ﷲ ތަޢާލާވަނީ އަންގަވާފައެވެ.
އަދި އެބައިމީހުން ނަރަކައިގެ ވާދީއެއްކަމުގައިވާ ޣައްޔައަށް އެއްލާލެވޭނެއެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ. فَخَلَفَ
مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ
يَلْقَوْنَ غَيًّا ﴿٥٩﴾ މާނައީ: "ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު
އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ޝަޙުވަތަށް ތަބާވޫއެވެ.
ފަހެ، ނިކަންހުރެ އެއުރެން ޣައްޔައަށް އެއްލާލެވޭނެއެވެ."
އިސްވެއެދިޔަ
އާޔަތުގައިއެވާ ފަހުންއަންނަ މީހުންނަކީ ކޮންބައެއްބާވައެވެ. އަޅުގަނޑުމެންގެ
ވާހަކަބާވައެވެ. އަޅުގަނޑުމެންގެ ތެރެއިން ނަމާދުއަޅާފައި ކުޅިވަރާ މަޖަލުގައި
ހޭދަކުރަނީ ކިތައްކިތައް މީހުންބާވައެވެ. އަދި ނަމާދުއަޅާފައި ވަޖީފާތަކާއި
އެހެނިހެން ކަންކަމުގައި މަޝްޣޫލުވަނީ ކިތައްކިތައްމީހުންބާވައެވެ. އެފަދަމީހުން
އެ ނިކަމެތިވެގެންވާ ޢަޛާބަށް ވަންނާނެކަމަށް ކީރިތި ﷲ އެވަނީ އަންގަވާފައެވެ.
ޤިޔާމަތްދުވަހުގައި
ﷲގެ ޙަޟްރަތުގައި ފައިސަލާކޮށްނިމި، ސުވަރުގެވަންތަވެރިން ސުވަރުގެއަށް
ނަރަކަވަންތަވެރިން ނަރަކައަށް ވެއްދޭނެއެވެ. ސުވަރުގެވަންތަވެރިންނަށް
އެދުވަހުގައި އެމީހުންނާ އެކުގައި، ދުނިޔޭގެ ޙަޔާތް ވޭތުކުރިބަޔަކު ނަރަކައިގެ
ތެރޭގައިވަނިކޮށް ފެންނާނެއެވެ. އެހިނދު ސުވަރުގެ ވަންތަވެރިން އެބައިމީހުންނަށް
ނަރަކައަށް ވަންނަންޖެހުނީ ކީއްވެކަމާމެދު ސުވާލުކުރާނެއެވެ. ﷲ ތަޢާލާ
ވަޙީކުރެއްވިއެވެ. فِي جَنَّاتٍ
يَتَسَاءَلُونَ ﴿٤٠﴾
عَنِ الْمُجْرِمِينَ ﴿٤١﴾
مَا سَلَكَكُمْ فِي سَقَرَ ﴿٤٢﴾
قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ﴿٤٣﴾
وَلَمْ نَكُ نُطْعِمُ الْمِسْكِينَ ﴿٤٤﴾
وَكُنَّا نَخُوضُ مَعَ الْخَائِضِينَ ﴿٤٥﴾ މާނައީ: "ސުވަރުގޭގެ
ނިޢުމަތްތަކުގައިވާ ޙާލު ސުވަރުގެވަންތަވެރިން ކުއްވެރިންނާ ސުވާލުކުރާނެއެވެ. ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ
ތެރެޔަކު އަހަރެމެން ނުވަމުއެވެ. އަދި ތިމަންމެން މިސްކީނުންނަށް
ކާންދީއެއް ނޫޅެމުއެވެ. އަދި ބާޠިލް ވާހަކަ ދައްކާ މީހުންނާ
އެކުގައި، ތިމަންމެން ބާޠިލް ވާހަކަ ދައްކައި އުޅުނީމުއެވެ."
އެންމެހާ
މުސްލިމް އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުން ދުނިޔެމަތީގައި ސަލާމަތުން
ތިބިއިރި ﷲ އަށް ރުކޫޢުކޮށް ސުޖޫދުކުރުމަށް އަވަސްވެގަންނާށެވެ. ޤިޔާމަތްދުވަހު
އެންމެހާ މީސްތަކުންނަށް އެކަލާނގެއަށް ސަޖިދަކުރުމަށް ގޮވާލެވޭނެއެވެ. އެދުވަހަގައި
ދުނިޔެމަތީގައި ސަޖިދަނުކޮށް އެކަމަށް ކަންނެތްވެގަތްމީހުނަކަށް
ސަޖިދައެއްނުކުރެވޭނެއެވެ. އެހެންކަމުން ސަލާމަތުން ތިބި ވަގުތުގައި އެކަމަށް އަވެސް
ގަންނާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. يَوْمَ
يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ ﴿٤٢﴾ خَاشِعَةً
أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ وَقَدْ كَانُوا يُدْعَوْنَ إِلَى
السُّجُودِ وَهُمْ سَالِمُونَ ﴿٤٣﴾ މާނައީ: "ﷲ
ތަޢާލާގެ ކަށިމަތިފުޅު ކަޝްފުކުރައްވާދުވަހު ސަޖިދަކުރުމަށް އެބައިމީހުންނަށް
ގޮވާލެވޭނެއެވެ. ދެންފަހެ އެބައިމީހުންނަށް އެކަމަކަށް ކުޅަދާނަވެގެންނުވާނެތެވެ. އެބައިމީހުން ތިބޭހުށީ އެބައިމީހުންގެ ލޯތައް
ތިރިވެ، އެބައިމީހުންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. ހަމަކަށަވަރުން، އެބައިމީހުންނަށް
ސަލާމަތުން ތިބިއިރު، ސަޖިދަކުރުމަށް ގޮވައިލައްވާލެވުނެވެ."
رب اجعلني مقيم
الصّلاة ومن ذرّيّتي ربّنا وتقبّلْ دعاء
وصلى
الله عليه وسلم على سيدنا محمد وعلى آله وصحبه وسلم.
آمين.
No comments:
Post a Comment