Blogger Widgets

Friday, August 31, 2012

އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެވުން.

އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެވުން.

وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ وَلَا يَحِلُّ لَهُنَّ أَنْ يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِنْ كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَاللَّهُ عَزِيزٌ حَكِيمٌ (228) الطَّلَاقُ مَرَّتَانِ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ وَلَا يَحِلُّ لَكُمْ أَنْ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَنْ يَخَافَا أَلَّا يُقِيمَا حُدُودَ اللَّهِ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا وَمَنْ يَتَعَدَّ حُدُودَ اللَّهِ فَأُولَئِكَ هُمُ الظَّالِمُونَ (229) فَإِنْ طَلَّقَهَا فَلَا تَحِلُّ لَهُ مِنْ بَعْدُ حَتَّى تَنْكِحَ زَوْجًا غَيْرَهُ فَإِنْ طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَنْ يَتَرَاجَعَا إِنْ ظَنَّا أَنْ يُقِيمَا حُدُودَ اللَّهِ وَتِلْكَ حُدُودُ اللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ (230) وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ وَلَا تُمْسِكُوهُنَّ ضِرَارًا لِتَعْتَدُوا وَمَنْ يَفْعَلْ ذَلِكَ فَقَدْ ظَلَمَ نَفْسَهُ وَلَا تَتَّخِذُوا آيَاتِ اللَّهِ هُزُوًا وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ وَمَا أَنْزَلَ عَلَيْكُمْ مِنَ الْكِتَابِ وَالْحِكْمَةِ يَعِظُكُمْ بِهِ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ (231) وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَنْ يَنْكِحْنَ أَزْوَاجَهُنَّ إِذَا تَرَاضَوْا بَيْنَهُمْ بِالْمَعْرُوفِ ذَلِكَ يُوعَظُ بِهِ مَنْ كَانَ مِنْكُمْ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ذَلِكُمْ أَزْكَى لَكُمْ وَأَطْهَرُ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ (232)
التحليل اللفظي
قرواء: "قرواء" އަކީ "قُرء" ގެ ޖަމްޢުއެވެ. އަރަބި ބަހުގައި "قرواء" އަކީ ޙައިޟު ނުވަތަ ޠުހުރު އެވެ.  القاموسގައި ވެއެވެ. ""قرواء"  އަކީ ޙައިޟު އަދި ޠުހުރު އަދި ވަގުތެވެ. طهر ގެ ޖަމްޢުއަކީ "قرواء" އެވެ. އަދި حيض ގެ ޖަމްޢުއަކީ "أقراء" އެވެ."[1] الأخفش ވިދާޅުވިއެވެ. "އަންހެނާ ޙައިޟުގައި އިންނަނަމަ މިފަދައިން ބުނެއެވެ. 'قرأت'"[2] ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ فاطمة بنت أبي حبيش އަށް މިފަދައިން ޙަދީޘްކުރެއްވިއެވެ. "دعي الصلاة أيام أقرائك"[3]  މާނައީ: "ކަމަނާ أقرائ ގައިވާ ދުވަސްތަކުގައި ނަމާދު ދޫކޮށްލާށެވެ" މިތާ أيام أقرائك އަކީ أيام حيضك އެވެ. އެއީ ކަމަނާ ޙައިޟުގެ ދުވަސްތަކެވެ.
وَبُعُولَتُهُنَّ: "وَبُعُولَتُهُنَّ" ގެ މާނައަކީ އެކަނބަލުންގެ ފިރިނެވެ. "بُعُولَ" އަކީ "بعل" ގެ ޖަމްޢުއެވެ. "بعل" އަކީ ފިރިމީހާއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. "قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَـٰذَا بَعْلِي شَيْخًا إِنَّ هَـٰذَا لَشَيْءٌ عَجِيبٌ" (هود : 72 ) މާނައީ: "އެކަމަނާ ވިދާޅުވިއެވެ. އޭހުރި ހަލާކެއްގެ  ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން، މިއީ عجائب ވެގެންވާ ކަމެކެވެ."
دَرَجَةٌ: އަރަބި ބަހުގައި "دَرَجَةٌ" އަކީ އުފުލިގެންވާ މަންޒިލުތަކެވެ. ނުވަތަ ދިވެހިބަހުން އުފުލިގެންވާ ދަރަޖަތަކޭވެސް ބުނެވިދާނެއެވެ. ޤުރުއާނުގައި ﷲ ވަހީކުރައްވާފައިވެއެވެ. "هُمْ درجات عِندَ الله" ( آل عمران: 163) މާނައީ: "ﷲ ގެ ޙަޟުރަތުގައި އެބައިމީހުންނަށް މަތިވެރިވެގެންވާ ދަރަޖަތައްވެއެވެ."  
عَزِيزٌ حَكِيمٌ: "عَزِيزٌ" އަކީ "سلطان"އެވެ. އެއީ އެފަރާތް އެހެންފަރާތްތަކުގެ މައްޗަށް ބާރުހިނގާ، އެފަރާތުގެމައްޗަށް އެހެންފަރާތަށް ބާރު ނުހިންގޭފަރާތެވެ.
الطلاق: "الطلاق" އަކީ ކައިވެނީގެ ޢަޤުދުގެ ގޮށް މޮހުމެވެ. "الطلاق" ގެ އަސްލު ނެގިފައިވަނީ "الانطلاق" އަދި "التخلية" އެވެ.
تَسْرِيحٌ: "التسريح"އެއީ އެއްޗެއް ދޫކޮށްލުމެވެ. އޭގެތެރޭގައި ބޮލުގެ އިސްތަށިގަނޑު އެއްއިސްތައްޓާ ވަކިކޮށް ދޫކޮލުންހިމެނެއެވެ. އަދި ހުއިހައްޕާމީހުން އެމީހުންގެ ޖަނަވާރުތައް އޭތި އަމިއްލައަށް ގަސްގަހުގައިހުންނަ މޭވާތައް ކެއުމައްޓަކައި ދޫކޮލުން ހިމެނެވެ.
فَبَلَغْنَ أَجَلَهُنَّ: "فَبَلَغْنَ" އެއީ ޢިއްދާގެ ދުވަސްތައް ހަމަވުމާ ކައިރިވުމެވެ. އެހެނީ ޢިއްދާ ހަމަވުމަށްފަހު އަނބިމީހާގެ މައްޗަށް ފިރިމީހާއަކަށް އެއްވެސް ބާރެއްނުވާނެއެވެ.  ޢަރަބިން، އެބައިމީހުން ދަތުރުކުރަމުން އައިސް ރަށާ ހަމަވުމުން، بلغ البلد (ރަށާ ކައިރިވެއްޖެއެވެ.) މިފަދައިން ބުނެއެވެ.
شوكاني ވިދާޅުވިއެވެ. ""البلوغ إلى الشيء"  މީގެ ޙަޤީޤީ މާނައަކީ، ކަމަކާއި ހަމައަށް ވާޞިލުވުމެވެ. އަދި މިފަދައިން މަޖާޒީގޮތުން މެނުވީ ކަމަކާ ކައިރިވުމަށް ބޭނުމެއް ނުކުރެއެވެ. އެހެނީ އަންހެނާ އޭނާ ޢިއްދާ ހަމަވެއްޖެނަމަ ފިރިމީހާގެ މައްޗަށް ބާރެއް ނޯންނާއެވެ."[4]
ضِرَاراً: "ضِرَاراً" ގެ އަޞްލަކީ "الإضرار" އެވެ. "الإضرار"  އަކީ ގެއްލުންދިނުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. "والذين اتخذوا مَسْجِداً ضِرَاراً" (التوبة:107) މާނައީ: "އަދި އެބައިމީހުން (މުއުމިނުންނަށް) ގެއްލުންދިނުމައްޓަކައި މިސްކިއްތަކެއް ހަދައި އުޅުނެވެ."
تَعْضُلُوهُنَّ: "تَعْضُلُو" ނެގިފައިވަނީ "العضل" މިބަހުންނެވެ. އޭގެ މާނައަކީ، ކަމެއް މަނާކުރުމެވެ. އަދި ކަމަކަށް ދަތިކުރުމެވެ. އަންހެނުންވެސް އަދި ޖަނަވާރުވެސް ވިހެއުމުގައި ދަތިކަމާއެއްކޮށް ދަރިފުޅު ވިހާނަމަ މިފަދައިން ބުނެވެއެވެ. އަދި ކުކުޅު ދަތިކަމާއެއްކޮށް ބިސްއަޅާނަމަ މިފަދައިން ބުނެއެވެ. މިތަނުގައި އެވާ تَعْضُلُوهُنَّ އަކީ އަންހެނުން، އެކަނބަލުންގެ ޢިއްދަ ހަމަވުމުން އެކަނބަލުން ކައިވެނިކުރަން ބޭނުންވެއްޖެނަ އެކަންމަނާ ނުކުރުމެވެ.
زكى لَكُمْ: "زكى" އެއީ އިތުރުވުމެވެ. އަދި ފައިދާކުރުމުވެ. ޢަރަބިން ގަސްގަހުގައި މޭވާ ގިނަވާންފެށުމުން މިފަދައިން ބުނެއެވެ.  "زكا الزرع"
وَأَطْهَرُ: "وَأَطْهَرُ" އެއީ ނަޖިސްކަމުން ދުރުވެގަތުމެވެ. ނުވަތަ ތާހިރުކުރުމެވެ. އަދި ފާފަތަކުންނާ ނުބައި ކަންކަމުން ދުރުވެގަތުމެވެ.

المعنى الإجمالي
ކޮންމެވެސް ސަބަބުތަކަކާއިހުރެ ވަރިކުރެވިފައިވާ އަންހެނުން، އެކަނބަލުންގެ ރަޙިމުގެ ހުސްކަން ސާބިޔުކުރުމައްޓަކައި އަދަދު ކުރެވިގެންވާ ދުވަސްތަކަކު އިންތިޒާރުކުރާށެވެ. އެއީ ޢިއްދާގައި އިނުމެވެ. (އެއީ ތިން ޠުހުރު ނުވަތަ ތިން ޙައިޟެވެ.) އަދި، ﷲ އަށާއި، އާޚިރަތްދުވަހަށް އީމާންވާކަމުގައިވާ އަންހެނެއްކަމުގައިވާނަމަ މާތްﷲ އެކަނބަލުންގެ މައިބަނޑުގައި ހައްދަވާފައިވާގޮތް (އެބަހީ: މާބަނޑުވުން ނުވަތަ ޙައިޟުވުން) ވަންހަނާކުރުން ހަލާލުވެގެން ނުވެއެވެ. އަދި ޢިއްދާ ހަމަވުމުގެކުރިން އެކަނބަލުންގެ ފިރިންނަށް ކާވެނި ރުޖޫޢަކުރުން ޙައްޤުކަން ބޮޑެވެގެންވެއެވެ. އެއީ އަނިޔާވެރިވުމެއްނެތި ޞުލްޙަވެރިކަމާ ހެޔޮގޮތުގައި ދިއުޅުމަށެވެ. އަދި ހަމައެފަދައިން އެކަނބަލުންގެ މައްޗަށްވެސް ﷲ އަމުރުކުރެއްވިކަންތައްތަށް ކުރުންވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއްވެއެވެ. ބާރެއްވެއެވެ.  އަދި އެކަނބަލުންނަށް ޚަރަދު ދިނުންވެއެވެ. އަދި އެކަނބަލުން، ފިރިންނަށް ކިޔަމަންތެރިވުންވެއެވެ.  
ދެނެ އެއަށްފަހު ﷲ ތަޢާލާ ބަޔާންކުރައްވާފައިއެވަނީ، ވަރިކުރުންވަނީ ދެފަހަރުކަމަށެވެ. ފަހެ ތިންވަނަ ފަހަރަށް އެކަނބަލުން ވަރިކޮށްފިކަމުގައިވާނަމަ، އެކަނބަލުން އެހެންމީހަކާ ކާވެނިކޮށްފުމަށްދާންދެން ވަރިކުރެވުނު ފިރިހެންމީހާއަކަށް އެކަނބުލޭގެއަކާ ކާވެނިކުރުން ޙަލާލުވެގެން ނުވެއެވެ. އަދި ދަންނާށެވެ. ތިންފަށް ވަރިއަކުން ވަރި ނުކުރާކަމުގައިވާނަމަ ކައިވެނި ރުޖޫޢަކުރެވިދާނެއެވެ. ފަހެ، ހެޔޮގޮތުގައި އެކަނބަލުންނާއެކުގައި ދިރި އުޅެވޭނެކަމުގައިވާނަމަ އެކަނބަލުންނާއެކުގައި ދިރިއުޅުން ހެޔޮކަން ބޮޑުވެގެންވެއެވެ. އެހެންނޫންނަމަ އެކަނބަލުން ބޭނުންވާ އެހެންމީހަކާ ކައިވެނިކުރުމަށްޓަކައި ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ. މާތްﷲ ވަޙީކުރެއްވިއެވެ. "وَإِن يَتَفَرَّقَا يُغْنِ الله كُلاًّ مِّن سَعَتِهِ "( النساء:130) މާނައީ: "އަދި، އެ ދެމީހުން ވަކިވާނަމަ، اللَّه ގެ ތަނަވަސްކަމުގެ ތެރެއިން، އެ ދެމީހުންކުރެ ކޮންމެ މީހަކަށްމެ، ފުއްދަވައި ދެއްވާނެތެވެ."
އަދި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙުކުންފުޅުތައް، އެދެމީހުން ޤާއިމް ނުކުރާނެކަމާމެދު، އެދެމީހުން ބިރުގަންނަނަމަ މެނުވީ، އެކަނބަލުންނަށް ތިޔަބައިމީހުން ރަނުގެގޮތުގައި ދިން ތަކެތީގެތެރެއިން އެއްޗެއް އަތުލުން ޙަލާލުވެގެން ނުވެއެވެ. އެއީ އެކަމާމެދުގައި މާތްﷲ ކަނޑައޅުއްވާފައިވާ ހުކުމްފުޅުތަކެވެ. މާތްﷲ ކަނޑައަޅުއްވާފައިވާ ހުކުމްފުޅުތައް ފަހަނައަޅާދާމީހުން ދަންނާށެވެ. އަނިޔާވެރިންނަކީ ހަމަ އެބައިމީހުންނެވެ.
ދެން އެއަށްފަހު އެންމެހާ ފިރިހެންތަކުންނަށް ﷲ ތަޢާލާ އަމުރު ކުރައްވާފައިއެވަނީ، އެބައިމީހުންގެ އަނބިންނަށް އިޙްސާންތެރިކަމާއެކު ހެޔޮގޮތުގައި މުޢާމަލާތްކުރުމަށެވެ. އަދި އެއްވެސް ހާލެއްގައި އެކަނބަލުންނަށް އަނިޔާވެރި ނުވުމަށެވެ. އެކަނބަލުން ވަރިކޮށްފިކަމުގައިވާނަމަ، އަދި އެކަނބަލުން ޢިއްދާ ހަމަވާން ގާތްވެއްޖެނަމަ، ހެޔޮގޮތުގައި އެކަނބަލުން ރުޖޫޢަކުރާށެވެ. ނުވަތަ ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ. އަދި އެކަބަލުންނަށް އަނިޔާވެރި ނުވާށެވެ. އަދި ތިޔަބައިމީހުން ﷲ ތަޢާލާގެ އާޔަތްތައް އެއީ މަލާމާތެއް ކަމުގައި ނަހަދާށެވެ. އަދި ތިޔަބައިމީހުންނަށް މާތްﷲ ދެއްވި ނިއުމަތާއި ޙިކުމަތާއި ފޮތުގެތެރެއިން ބާވާލެއްވިތަކެތި ތިޔަބައިމީހުން ހަދާންކުރާށެވެ. ﷲ ތަޢާލާ އެއިން، އެބަހީ އެކަލާނގެ ބާވާލެއްވި ޙުކުމްފުޅުތަކުން ތިޔަބައިމީހުންނަށް ވަޢުޒު އިއްވަވައެވެ. އަދި އެކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރި ވާށެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާއީ ކޮންމެ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.  
އަދި އަދި ތިޔަބައިމީހުންގެ އަނބިން ވަރިކޮށް، އެކަނބަލުންގެ ޢިއްދާގެ ދުވަސްތައް ހަމަވުމަށްފަހު، އެކަނބަލުން އިޚްތިޔާރުކުރާ ފިރިޔަކާ ކައިވެނި ކުރުމަށް، އެނގިގެންވާ ހެޔޮގޮތުގައި އެދެފަރާތް ރުހި އެއްބަސްވެއްޖެނަމަ، އަނިޔާވެރިގޮތުގައި އެކަނބަލުންނަށް އެކަން މަނާނުކުރާހުށިކަމެވެ. ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހުންނަށް ވަޢުޒުވެވި އަމުރުކުރެވިގެންވަނީ އެފަދައިންނެވެ. އެއެންމެހާ ގޮތްތައް ތިޔަބައިމީހުންނަށްޓަކައި ހެޔޮކަންބޮޑެވެ. އަދި ޠާހިރުކަންވެސް ބޮޑެވެ. ތިޔަބައިމީހުންނަށް މަޞްލަޙަތު ހުރިގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.

سبب النزول
1. "روي أن أهل الجاهلية لم يكن عندهم للطلاق عدد ، وكان يطلّق الرجل امرأته ما شاء من الطلاق ، فإذا كادت تحل راجعها ، فعمد رجلٌ لامرأته على عهد النبي صلى الله عليه وسلم فقال لها : لا آويك ولا أدعك تحلّين ، قالت : وكيف؟ قال : أطلقك فإذا دنا مضيُّ عدتك راجعتك ، فشكت ذلك للنبي صلى الله عليه وسلم فأنزل الله تعالى : { الطلاق مَرَّتَانِ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بإحسان} (سورة البقرة:229)الآية."[5] މާނައީ: "ޖާހިލިއްޔަ ޒަމާނުގެ އަހުލުވެރިންނާ ބެހޭގޮތުން ރިވާވެގެންވެއެވެ. އެބައިމީހުންނަކަށް ވަރިކުރުމުގައި ވަކި މިންވަރެއް ކަނޑައެޅިގެން ނުވެއެވެ. އަދި ފިރިހެނުން އެބައިމީހުންގެ އަނބިން، އެމީހުން ބޭނުންވެއްޖެ ހިނދެއްގައި އެކަނބަލުން ވަރިކުރާކަމުގައި ވިއެވެ. އަދި އޭނާ ބޭނުންވާހިނދު ރުޖޫޢަކުރެއެވެ. މިގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި މީހަކު އެފަދައުން ކަންތައްކުރިއެވެ. އޭނާގެ އަނބި މީހާއަށް އޭނާބުންޏެވެ. އަހަރެން ކައިރިން ސަލާމަތްވެގެން ދެވޭ ގޮތަކަށް އަހަރެން ކަލޭ ދުލެއް ނުކުރާނަމެވެ. އަދި އަހަރެން ކަލޭކައިރިއަކަށް ނުވެސް ދާނަމެވެ. އެ އަންހެންމީހާ ބުންޏެވެ. އެއީ ކިހިނެއްހެއްޔެވެ؟ އޭނާބުންޏެވެ. އަހަރެން ކަމަނާ ވަރިކުރާނީއެވެ. ދެން ޢިއްދާ ހަމަވުމާ ކައިރިވުމުން ރުޖޫޢަކުރާނީއެވެ. (ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާހަމައަށް މިޚަބަރު އައުމުން) އެކަލޭގެފާނު ހަނުހުންނެވިއެވެ. ދެން ﷲ ތަޢާލާ މި އާޔަތް ބާވާލެއްވިއެވެ. "الطلاق مَرَّتَانِ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بإحسان" (سورة البقرة:229)الآية ." މާނައީ:" ވަރިކުރުން އޮތީ ދެފަހަރުއެވެ. ދެންއޮތީ ހެޔޮގޮތުގައި (އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެކަނބަލުން) ދޫކޮށްލުމެވެ." الآية

2. "وأخرج ابن جرير عن ابن عباس رضي الله عنهما أنه قال : كان الرجل يطلّق امرأته ثم يراجعها قبل انقضاء عدتها ثم يطلقها ، يفعل بها ذلك يضارّها ويعضلها فأنزل الله تعالى:وَإِذَا طَلَّقْتُمُ النسآء "[6](سورة البقرة:231) الآية. މާނައީ: "އިބުނު ޢައްބާ رضي الله عنهما ގެ އަރިހުން އިބުނު ޖަރީރު ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ފިރިހެނުން އެބައިމީހުންގެ އަނބިން ވަރިކުރެއެވެ. އެއައްފަހު ޢިއްދާ ހަމަވުމާ ކައިރިވުމުން ރުޖޫޢަކުރެއެވެ. އެއައްފަހު ވަރިކުރެއެވެ. އޭނާގެ އެ ޢަމަލުގެ ސަބަބުން އެކަނބަލުންނަށް ގެއްލުމާ ދަތިކަން ލިބެއެވެ. ދެން ﷲ ތަޢާލާ މިއާޔަތް ބާވާލެއްވިއެވެ. "وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ وَلَا تُمْسِكُوهُنَّ ضِرَارًا لِتَعْتَدُوا" (سورة البقرة:231) الآية  މާނައީ: "ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ عدّة ހަމަވާން ގާތްވެއްޖެނަމަ، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން (رجوع ކޮށް) ހިފަހައްޓާށެވެ! ނުވަތަ، ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ! އަދި، ގެއްލުންދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފަހައްޓާށެވެ! "




3.  "وأخرج البخاري والترمذي عن ( مَعْقل بن يسار ) رضي الله عنه أنه زوّج أخته رجلاً من المسلمين على عهد النبي صلى الله عليه وسلم فكانت عنده ما كانت ثم طلّقها تطليقة لم يراجعها حتى انقضت العدة ، فهويها وهويته ثم خطبها مع الخُطَّاب فقال له : يا لكع أكرمتك بها وزوّجتك فلطّقتها! والله لا ترجع إليك أبداً قال : فعلم الله حاجته إليها وحاجتها إلى بعلها فأنزل الله { وَإِذَا طَلَّقْتُمُ النسآء فَبَلَغْنَ أَجَلَهُنَّ فَلاَ تَعْضُلُوهُنَّ . . . } "[7](سورة البقرة:232) الآية فلما سمعها ( معقل ) قال : سمعاً لربي وطاعة ثم دعاه فقال : أزوّجك وأكرمك."[8] މާނައީ: "مَعْقل بن يسار رضي الله عنه ގެ އަރިހުން އިމާމް ބުޚާރީއާއި އިމާމް ތިރުމިޛީ ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި مَعْقل އެކަލޭގެފާނުގެ އުޚްތަކު މުސްލިމުންގެ ތެރެއިން މީހަކާ ކައިވެނިކޮށްދެއްވިއެވެ. އެކަބުލޭގެ އޭނާއާ ކައިވެނިކޮށްގެން ދުވަސްކޮޅަކު އުޅުނެވެ. ދެން އެއައްފަހު އޭނާ އެކަނބުލޭގެ ވަރިކުރިއެވެ. އަދި ޢިއްދާގެ މުއްދަތު ހަމަވިއިރުވެސް އެކާވެނި ރުޖޫޢަނުކުރެއެވެ. ފަހެ (ޢިއްދާ ހަމަވުމަށްފަހު) މިދެމީހުން އެކަކު އަނެކަކާ ކާވެނިކުރަން ހިތާހިތާ ބޭނުންވެއްޖެއެވެ. ދެންއެއަށްފަހު މިދެމީހުން ކައިވެނިކުރުމަށް އެއްބަސްވެ ޚިޠުބާވެއްޖެއެވެ. އެހިނދު އެފިރިހެންމީހާ އަށް مَعْقل ބުންޏެވެ. "އޭމިރިމީހާއެވެ. ކަލެއަށް އަހަރެން އެކަނބުލެއައްޓަކައި ހެޔޮކޮށްހިތީމެވެ. އަދި އެކަނބުލޭގެއާ ކައިވެނިކޮށްދެއްވީމެވެ. ފެހެ ކަލޭ އެކަނބުލޭގެ ވަރިކުރީއެވެ. ﷲ ގަންދީބުނަމެވެ! ދެން އެކަނބުލޭގެ ދުވަހަކުވެސް ކަލޭގެ ކައިރިއަކަށް ނުދާނެއެވެ." ދެންފަ މިދެމީހުން އެކަކު އަނެކަކަށް ބޭނުންވެފައިވާ މިންވަރު ﷲ ދެނެވޮޑިގެންވިއެވެ. ފަހެ އެއައްފަހު ﷲތަޢާލާ އާޔަތްބާވާލެއްވިއެވެ. "وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَنْ يَنْكِحْنَ أَزْوَاجَهُنَّ إِذَا تَرَاضَوْا بَيْنَهُمْ بِالْمَعْرُوفِ" "[9](سورة البقرة:232) الآية  މާނައީ: " އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ عدّة ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ." ދެން ފަހެ މި އާޔަތް ބާވާލެއްވި އަޑުއިވުނުހިނދު (مَعْقل) ވިދާޅުވިއެވެ. އަހަރެންގެ ވެރި ރައްބުގެ ބަސްފުޅު އަހަރެން އަހާފީމެވެ. އަދި ކިޔަމަންވެއްޖައީމެވެ. އެއައްފަހު އެފިރިހެންމީހާ ގެންނަވާ ވިދާޅުވިއެވެ. އަހަރެން ކައިވެނިކޮށްދީފީމެވެ. އަދި އަހަރެން ކަލެއަށް ހެޔޮކޮށް ހިތައިފީމެވެ."    


الأحكام الشرعية (މިއާޔަތްތަކުންނެގޭ ޝަރުޢީ ޙުކުމްތައް)

ފުރަތަމަ ޙުކުމް:
ވަރިކުރެވުނު އަންހެނާގެ ޢިއްދާއާއި، މާބަނޑު އަންހެނާގެ ޢިއްދާއާއި، އަދި ޙައިޟުންކެނޑިފައިވާ އަންހެނުނުންގެ ޢިއްދާ.
ﷲ ތަޢާލާވަނީ ވަރިކުރެވޭ އަންހެނުންނަށް ޢިއްދާގައި އިނުން ވާޖިބުކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "والمطلقات يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلاَثَةَ قرواء" (سورة البقرة:228) މާނައީ: "އަދި ވަރިކުރެވިފައިވާ އަންހެނުން އެކަނބަލުންގެ ނަފުސުތަކަށްޓަކައި ތިން "قرواء" އިންތިޒާރުކުރާ ހުށިކަމެވެ." މި އާޔަތުގައިމިވާ ވަރިކުރެވުނު އަންހެނާގެ މުރާދަކީ، ބާލިޣުވެ ޖިމާޢުވެފައިވާ އަންހެނުންގެ ވާހަކައެވެ. މާބަނޑު އަންހެނުންނާއި ޙައިޟުން ކެނޑިފައިވާ އަންހެނުންގެ ވާހަކައެއްނޫނެވެ.  އަދި ހަމަކަށަވަރުން ޖިމާޢުނުވެ ވަރިކުރާ އަންހެނުންނަކަށް ޢިއްދާއެއް ނުވެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا " ( الأحزاب: 49)  މާނައީ: "ދެން އެއައްފަހު އެކަނބަލުންނާ ޖިމާޢުވުމުގެކުރިން ވަރިކޮށްފިކަމުގައިވާނަމަ، އެކަނބަލުން ގުނާ އަދަދުކުރާނެ ޢިއްދާއެއް ނުވެއެވެ."
އަދި މާބަނޑުވެފައިވާ މީހުންގެ ޢިއްދާއަކީ އެކަނބަލުން ވިހެއުމެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. "وَأُوْلاَتُ الأحمال أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ"  (الطلاق:4) މާނައީ: "އަދި މާބަނޑު އަންހެނުންގެ عدّة އަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ."
އަދި ޙައިޟުނުވާ އަންހެނުންނާއި ޢިއްދާއިން ކެނޑިފައިވާ އަންހެނުންގެ ޢިއްދާއަކީ ތިން މަސްދުވަހެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "واللائي يَئِسْنَ مِنَ المحيض مِن نِّسَآئِكُمْ إِنِ ارتبتم فَعِدَّتُهُنَّ ثَلاَثَةُ أَشْهُرٍ واللائي لَمْ يَحِضْنَ" (الطلاق:4) މާނައީ: "އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيض ން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة  އާއި އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ."
ފަހެ، މިއާޔަތްތަކުން އެނގި ބަޔާންވެގެންވަނީ، ޖިމާޢުވެފައި ވަރިކުރާ އަންހެނާގެ ޢިއްދާއަކީ ޙާއްޞަވެގެންވާ ޢިއްދާއެއްކަމެވެ. އަދި މިއާޔަތްތަކުގައިވާ ޢިއްދާގައިވާ އަންހެނުންގެ މުރާދަކީ ޖިމާޢުވެފައި ވަރިކުރާއަންހެނުންގެ ވާހަކައެވެ. އަދި އެއީ ވަރިކުރެވިފައިވާ، ބާލިޣުނުވާ ކުޑަކުއްޖާއާއި ޙައިޟުން ކެނޑިފައިވާ އަންހެނުންނާއި މާބަނޑު އަންހެނުންގެ ވާހަކައެއްނޫނެވެ.
ދެވަނަ ޙުކުމް
އާޔަތުގައި އެވާ أقراء އަކީ ކޮބާ؟
މިއާޔަތުގައިމިވާ "قُرُوء" ގެ ލުޣަވީ މާނައަކީ حيض ނުވަތަ طهر އެވެ. އެހެންކަމުން މިއާޔަތުގައިމިވާ "قُرُوء"  ގެ މުރާދާމެދު ޢިލްމުވެރިންގެ މެދުގައިވަނީ ޚިޔާލުތަފާތުވެފައެވެ. މި މައްސަލައިގައި ޢިލްމުވެރިންގެ ދެ ރަޢުޔެއްވެއެވެ.
ފުރަތަމަ ރަޢުޔު
މިއާޔަތުގައިމިވާ قُرُوء ގެމުރާދަކީ الطهر އެވެ. މިއީ މާލިކުގެފާނާއި ޝާފީގެފާނުގެ ބަސްފުޅެވެ. އަދި މިއީ އިބުނު ޢުމަރާއި ޢާއިޝަތުގެފާނާއި ޒައިދު ބުން ޘާބިތު (رضي الله عنهم) ގެ އަރިހުން ރިވާވެގެންވާ ގޮތެވެ. އަދި މިއީ އިމާމު އަޙްމަދުގެ ދެ ޤައުލުންކުރެ އެއް ޤައުލެވެ. އަދި މިއީ ދިވެހިރާއްޖޭގައި ޢަމަލުކުރެވިގެން އަންނަގޮތެވެ.
މިގޮތުން އިމާމު މާލިކާއި އިމާމު ޝާފިޢީ ހުއްޖަތެއްގެ ގޮތުންދައްކާ ފުރަތަމަ ޙުއްޖަތަކީ ޢަރަބި ބަހުގެ ޤަވާއިދުގެ ތެރެއިން ދައްކާ ޙުއްޖަތެކެވެ. އެއީ ޢަރަބި ބަހުގެ ޤަވާޢިދުގެ ތެރޭގައިވާ العدد و المعدود (ޢަދަދާއި ޢަދަދު ކުރެވޭއެތި) މި ޤަވާއިދުގެ ދަށުންނެވެ. މި ޤަވާއިދު ބުނާގޮތުން العدد (ޢަދަދު) مؤنث ވެއްޖެނަމަ لمعدود (އަދަދު ކުރެވޭ އެތި) مذكر ވާނެއެވެ. އަދި العدد (ޢަދަދު) مذكر ވެއްޖެނަމަ لمعدود (އަދަދު ކުރެވޭ) އެތި مؤنث ވާނެއެވެ. އެހެންކަމުން މި އާޔަތުގައިމިވާ ثلاثةގެ ތާ މަރުބޫތާ (ة) ރަމުޒުކޮށްދެނީ مؤنث ކަމެވެ. އެހެންކަމުން العدد (ޢަދަދު) އެވަނީ مؤنث ކޮށެވެ. ވީމާ މިތާގައިމިވާ المعدود (އަދަދުކުރެވޭ އެތި) ވާނީ مذكر ކަށެވެ. އެހެންކަމުން އާޔަތުގައިވާ  ثلاثة قروء ގެ މުރާދަކީ ތިން طهرއެވެ. طهرއަކީ مذكر އެއްޗެކެވެ. އެއާ ޚިލާފަށް ثلاثة قروء ތިން ޙައިޟުގެ މުރާދުގައި އައިސްފައިވާ ނަމަ އަންނަންޖެހޭނީ  ثلاث قروء މިފަދައިންނެވެ. އެހެނީ الحيضة އަކީ مؤنث އެއްޗެކެވެ.
އަދި މިބޭކަލުންގެ ދެވަނަ ޙުއްޖަތަކީ، ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ރިވާޔެތެވެ. އެކަމަނާ ވިދާޅުވިއެވެ. "هل تدرون الأقراء؟ الأقراء : الأطهار "[1]  މާނައީ: "މިއާޔަތުގައިވާ "الأقراء" އެނގޭހެއްޔެވެ؟ "الأقراء"  އެއީ طهر އެވެ."
ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ. "والنساء بهذا أعلم. لأن هذا إنما يُبتلى به النساء"[2] މާނައީ: "މިކަމުގެ ޢިލްމު ލިބިގެންވަނީ އަންހެނުންނަށެވެ. އެހެނީ މިކަމުން އިމްތިޙާނުކުރޭ ބަޔަކީ އަންހެނުންނެވެ."
އަދި މިބޭކަޅުން ތިންވަނަ ޙުއްޖަތް ނަންގަވަނީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުންނެވެ. އެކަލާނގެ ވަޙީކުރެއްވެއެވެ. "يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ" (الطلاق:1)  މާނައީ: "އޭނަބިއްޔާއެވެ. ތިޔަބައިމީހުންގެ އަނބިން ވަރިކުރާނަމަ ފަހެ އެކަނބަލުން ޢިއްދާގައިވަނިކޮށް ވަރިކުރާހުށިކަމެވެ." އެބޭފުޅުން ވިދާޅުވެއެވެ. މިތަނުގައިމިވާ فَطَلِّقُوهُنَّ لِعِدَّتِهِنَّ (އެކަނބަލުން ޢިއްދާގައި ވަނިކޮށް ވަރިކުރާ ހުށިކަމެވެ.) އޭގެ މާނައަކީ އެކަނބަލުން ޠުހުރުގައި ވަނިކޮށްވަރިކުރާށެވެ. އެހެނީ ޙަޟުވެފައިވަނިކޮށް ވަރިކުރުމަކީ ޙަރާމްކަމެކެވެ. އެހެންކަމުން އިސްވެދެންނެވުނު އާޔަތުގައިވާ قُرُوء ގެ މުރާދަކީ طهر އެވެ.

ދެވަނަ ރަޢުޔު
     މިއާޔަތުގައިމިވާ قُرُوء ގެމުރާދަކީ حيض އެވެ. މިއީ އިމާމު އަބޫޙަނީފާއާއި އަދި އިމާމު އަޙުމަދުގެ ފަހުގެ ރިވާޔަތެއްގައިވާގޮތެވެ. އަދި މިއީ ޢުމަރުގެފާނާއި އިބުނު މަސްޢޫދާއި  އަބޫ މޫސާއާއި އަބޫ ދަރުދާއާއި އަދިވެސް އިތުރު ބޭފުޅުންގެ އަރިހުން ރިވާވެގެންވާ ގޮތެވެ.
     މިބޭފުޅުން މިކަމުގެ ޙުއްޖަތެއްކަމުގައި ވިދާޅުވެއެވެ. ޝަރީޢަތުގައި ޢިއްދާ ކަނޑައެޅުމުގެ ސަބަބަކީ، ރަޙިމުގެ ހުސްކަން ދެނެގަތުމެވެ. އެހެންކަމުން ރަހިމުގެ ހުސްކަން ސާބިތުކޮށްދޭ އެއްޗަކީ ޙައިޟެވެ. ޠުހުރެއް ނޫނެވެ.
އިމާމު އަޙްމަދު ވިދާޅުވިއެވެ. "قد كنت أقول : القروء : الأطهار ، وأنا اليوم أذهب إلى أنها الحيض"[3] މާނައީ: "އަހަރެން ބުނާކަމުގައި ވީމެވެ. قروء އަކީ طهر އެވެ. އަދި މިއަދު ބުނަނީ އެއީ ޙައިޟުކަމަށެވެ."
          އަދި މިބޭފުޅުން ދެވަނަ ޙުއްޖަތެއްގައި ދައްކަވާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ، فاطمة بنت حُبيش އަށް ޙަދީޘްކުރެއްވި ޙަދީޘެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "دعي الصلاة أيام أقرائك"[4]   މަނާއީ: أقرائ ގައިވާ ދުވަސްތަކުގައި ނަމާދު ދޫކޮށްލާށެވެ." މި ޙަދީޘްގައިމިވާ أيام أقرائك ގެ މުރާދަކީ أيام حيضك (ކަމަނާ ޙައިޟުގެ ދުވަސްވަރު) އެވެ.  
މިބޭފުޅުންގެ ތިންވަނަ ޙުއްޖަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "لا توطأ حامل حتى تضع ، ولا حائل حتى تستبرأ بحيضة"[5] މާނައީ: "މާބަނޑު އަނހެނާ އޭނާ ވިހެއްޖެއުމަށްދާންދެން ޖިމާޢުނުވާށެވެ. (އެބަހީ ވަރިކުރެވިފައިވާ އަންހެނުން ވިހެއްޖެއުމަށް ދާންދެން އެހެން ފިރިހެނަކާ ނުއިނދެވޭނެއެވެ.) އަދި ޙައިޟުވެރިޔާ، ޙައިޟުން ބަރީއަވެއްޖައުމަށްދާންދެން އޭނާއާ ޖިމާޢުނުވާށެވެ."
ފަހެ، އެވަނީ ޙައިޟުގެ ދުވަސްތަކުގައި ޖިމާޢުވުމުން ބަރީއަވުމަށް އަމުރުކުރައްވާފައެވެ. އަދި ހަމަކަށަވަރުން އަޅުއަންހެނުން ގަތުމުގައި، އެމީހުން الاستبراء (އެބައީ މާބަނޑުވެފައިތޯ ނުވަތަ ނޫންތޯ) ބަލަންޖެހެނީ ޙައިޟުންކަމާމެދު ޢިލްމުވެރިން އިޖުމާޢުވެލައްވައެވެ. އެހެންކަމުން، ހަމައެފަދައިން ޢިއްދާވެސް ބިނާވެފައިވަނީ ޙައިޟުގެ މައްޗަށެވެ. އެހެނީ އެ ދެކަމުގެ ސަބަބަކީ އެއް ސަބަބެކެވެ. އެއީ ރަޙިމުގެ ހުސްކަން ސާބިތުކުރުމެވެ.
އަދި މިބޭފުޅުން ހަތަރުވަނައަށް ޙުއްޖަތެއްގެ ގޮތުގައި ނަންގަވީ، ޢިއްދާއިން ކެނޑިފައިވާ އަންހެނުންނާ މެދު ﷲ ތަޢާލަ ވަޙީކުރައްވާފައިވާ ބަސްފުޅެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "واللائي يَئِسْنَ مِنَ المحيض مِن نِّسَآئِكُمْ إِنِ ارتبتم فَعِدَّتُهُنَّ ثَلاَثَةُ أَشْهُرٍ واللائي لَمْ يَحِضْنَ" (الطلاق:4)  މާނައީ: " އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيض ން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އާއި އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ." މިއާޔަތުންވެސް އެނގިގެންދަނީ ޢިއްދާ ކަނޑައެޅުމުމުގައި ބަލާ އެއްޗަކީ ޙައިޟުކަމެވެ. ޠުހުރެއްނޫނެވެ.
އަދިވެސް މިބޭފުޅުން ވިދާޅުވެއެވެ. ޢިއްދަ ބިނާވެފައިވަނީ ޙައިޟަށްކަމަށް އަހަރެމެން ބުނަނީ، އެގޮތަށް ބަލާކަމުގައިވާނަމަ ތިން قراء ފުރިހަމަވާނެއެވެ. އޭރުން ޢިއްދާ ނިމޭއިރު ތިން ޙައިލުއިންނާނީ ނިމިފައެވެ. އެހެނެއްކަމަކު ޠުހުރަށް ބަލައިފިނަމަ އެކަން ތަފާތުވާނެއެވެ. މީހަކު އޭނާގެ އަނބިމީހާ ޠާހިރުކަމުގެ ފަހު ދުވަސްތަކުގައި ވަރިކޮށްފިކަމުގައިވާނަމަ، ދެން އެއަށްފަހު އޭނާ ކަޑައްތުކުރާނީ ދެ ޠުހުރެވެ. އަދި އޭގެ ބައެއްވަނީ ތިންވަނަ ޠުހުރުގައެވެ.
  
ރާޖިޙުވެގެންވާ ގޮތް
ރާޖިޙުވެގެންވަނީ ދެވަނަ ޤައުލެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުން ސާބިތުވާގޮތެވެ. އަދި ޢިއްދާގެ ހަޤީގީ މަޤުޞަދަކީ، ރަޙިމުގެ ހުސްކަން ދެނެގަތުމެވެ. އެކަން އަންގައިދޭ އެއްޗަކީ ޙައިޟެވެ. ޠުހުރެއްނޫނެވެ. މިއީ الصابوني ވެސް ރާޖިޙކުކުރައްވާފައިވާގޮތެވެ.
     މިއީ ابن القيم ވެސް ރާޖިޙުކުރައްވާފައިވާ ގޮތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން القرء މިލަފުޒު، ޙައިޟުގެ ގޮތުގައި މެނުވީ ޝަރުޢުކުރެއްވި ފަރާތުން ބޭނުންކުރައްވާފައެއްނެތެވެ. އަދި އެލަފުޒު ޠުހުރުގެ ގޮތުގައި، އެއްވެސްގޮތަކަށް އައިސްފައެއްނެތެވެ. ފުރަތަމަކަމެއްގެ ގޮތުން، ޝަރިއްޢަތް ބާވާލެއްވި ފަރާތުން އެލަފްޒު ބޭނުންކުރެއްވި ގޮތް ބަލަންޖެހެއެވެ. ފަހެ، ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙައިޟުވެރިންނަށް ޙަދީޘްކުރެއްވިއެވެ. "دعي الصلاة أيام أقرائك"[6]   މަނާއީ: "أقرائ ގައިވާ ދުވަސްތަކުގައި ނަމާދު ދޫކޮށްލާށެވެ." (އެބަހީ ޙައިޟުގައިވާ ދުވަސްތަކުގައެވެ.) އެ ޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެވަނީ ﷲ ގެ ޙަޟްރަތުން އަހަރެމެންނަށް އޭގެމާނަ ބަޔާންކޮށްދީފައެވެ. އަދި އެއީ ޤުރުއާން ބާވާލެއްވިފައިވާ ބަލާޣާތްތެރިކަމެވެ. ފަހެ، ޤުރުއާނުގައިވާ ބަސްފުޅަކާއި ގުޅޭގޮތުން އެބަސްފުޅުގެ މާނަ ދޭހަވާގޮތަށް ޙަދީޘް ބަސްފުޅެއް ވާރިދުވެފައިވާނަމަ، އެހެން ރިވާޔަތަކުން އެހެންގޮތަކަށް ސާބިތު ނުވާހާހިނދަކު، އެ ޙަދީޘް ބަސްފުޅެއްގައިވާގޮތަށް އޭގެ މާނަ ބައިލިގަތުން ވާޖިބުވެގެންވެއެވެ. އަދި އެއީ އެކަމުގައި ކީރިތި ޤުރުރުއާނުގައި ޚިޠާބުކުރެވިފައިވާ ގޮތެވެ. ޤުރުއާނުގައި މިބަހުގެމާނަ އެފަދައިން ދޭހަވާގޮތަށް އެހެން ބަސްފުޅުތައްވެސް އައިއްސައިވެއެވެ. އަދި ޝަރީޢަތް ބާވާލެއްވިފަރާތުން أقرائގެ މާނަ ޙައިޟުގެ ގޮތުގައިބޭނުން ކުރައްވާފައިވުމުން އެއިން އެނގެނީ އެއީ ބަހުގައި އެއައް ބޭނުން ކުރެވޭގޮތްކަމެވެ. ވީމާ އެގޮތަށް ބަލައިގަތުން ވާޖިބުވެގެންވެއެވެ. އަދި އަންނަނިވި އާޔަތުން އެކަން އެނގިގެން ދާނެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެވެ. "وَلاَ يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ الله في أَرْحَامِهِنَّ"(سورة البقرة:228) މާނައީ: "އަދި، އެކަނބަލުންގެ رَحِم ތަކުގައި ﷲ އުފައްދަވާފައިވާ އެއްޗެއް ވަންހަނާކުރުން އެކަނބަލުންނަށް ޙަލާލުވެގެން ނުވެނެއެވެ." އުންމަތުގެ މުފައްސިރުންގެ އަރިހުގައި އެ އާޔަތުގައި އެވާ ވަންހަނާކުރާ އެއްޗަކީ މާބަނޑުވުމާއި ޙައިޟެވެ. އަދިވެސް އެކަލާނގެ ވަޙިކުރައްވާފައިވެއެވެ. "واللائي يَئِسْنَ مِنَ المحيض مِن نِّسَآئِكُمْ إِنِ ارتبتم فَعِدَّتُهُنَّ ثَلاَثَةُ أَشْهُرٍ"(الطلاق:4) މާނައީ: "އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيض ން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަކީ، އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ." މިތަނުގައި އެވާ ކޮންމެ މަސްދުވަހެއްވެސް ކަނޑައެޅިފައި އެވަނީ ޙައިޟުގެ މައްޗަށް ބިނާކޮށެވެ. އަދި އެކަމުގެ ޚުކުމް ބިނާވެފައިވަނީ ޙައިޟަށެވެ. ޠުހުރަކަށް ނޫނެނެވެ. އަދި ވެސް އިތުރު އާޔަތެއްގައި ވެއެވެ. "فَطَلِّقُوهُنَّ لِعِدَّتِهِنَّ" (الطلاق:1)  މި އާޔަތުގެ މާނައަކީ އެކަނބަލުން ޢިއްދާއަށް އިސްތިޤުބާލު ކުރާހިނދު ވަރިކުރާށެވެ. އަދި އެއީ ޢިއްދާގެ ތެރޭގައި ވަރިކުރާށެކޭނޫނެވެ. އެހެނީ އެއިރުން ޢިއްދާވާނީ ވަރިކުރުމަށްފަހު މުސްތަޤުބަލަށެވެ. ފަހެ މުސްތަޤުބަލަކަށް ވާހުށީ ޙައިޟެވެ. ފަހެ ޠުހުރުކަމުގައިވާނަމަ، ޠުހުރަކަށް އިސްތިޤުބާލެއް ނުކުރާނެއެވެ. ސަބަބަކީ އެއަންހެނާ އެހާލަތުގައިވަނީ ޠުހުރެއްގެމަތީއެވެ. އެހެންކަމުން ދެން އެނާ އެހާލަތުން ކުރިމަތިލާނީ ޙައިޟަށެވެ."[7]

ތިންވަނަ ޙުކުމް
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. "وَلاَ يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ الله في أَرْحَامِهِنَّ " (سورة البقرة:228) މާނައީ: "އަދި، އެކަނބަލުންގެ رَحِم ތަކުގައި اللَّه ޚަލްޤުކުރައްވާފައިވާ އެއްޗެއް ވަންހަނާކުރުން އެކަނބަލުންނަށް ޙަލާލުވެގެން ނުވެނެއެވެ." މި އާޔަތުގައި رَحِم ތަކުގައި اللَّه ޚަލްޤުކުރައްވާފައިވާ އެއްޗަކީކޮބާ؟

މި އާޔަތުގައި އެވާ ﷲ ޚަލްޤު ކުރައްވާފައިވާ އެއްޗަކާމެދު މުފައްސިރުންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ.
އެގޮތުން އެއްބައި މުފައްސިރުން ވިދާޅުވެއެވެ. މި އާޔަތުގައި މިވާ ﷲ ޚަލްޤު ކުރައް     ވާފައިވާ އެއްޗަކީ ބަނޑުގައިވާ ދަރިފުޅެވެ. ނުވަތަ މާބަނޑުވުމެވެ. އެއީ ޢުމަރުގެފާނާއި، އިބުނު ޢައްބާސްއާއި މުޖާހިދުގެ ބަހެވެ.
އަނެއްބައި ބޭފުޅުން ވިދާޅުވަނީ އޭގެ މުރާދަކީ ޙައިޟުކަމަށެވެ. އެއީ ޢިކުރަމާއާއި النخعيއާއި الزهري ގެ ބަހެވެ.
އަދި އެހެން ބޭފުޅުން ވިދާޅުވެއެވެ. އޭގެ މުރާދަކީ މާބަނޑުވުމާއި އަދި ޙައިޟުވުމެވެ. މިއީ އިބުނު ޢުމަރުގެ ބަހެވެ. އަދި އިބްނު ޢަރަބީ އިޚްތިޔާރު ކުރައްވާފައިވާ ބަހެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. "އެންމެ ޞައްޙަވެގެންވަނީ  މާބަނޑުވުމާއި އަދި ޙައިޟުކަމަށް ބުނާ ބަހެވެ. އެހެނީ ހަމަކަށަވަރުން ﷲ ތަޢާލާ އެކަނބަލުންނަށް، އެކަނބަލުންގެ ރަޙިމުގެމައްޗަށް ތެދުވެރިވެ އަމާނާތްތެރިވުން ލައްވާފައިވެއެވެ. އެކަމުގައި ޤަބޫލުކުރެވިގެންވަނީ އެކަނބުލޭގެ ބަހެވެ. އެކަމުގައި އެކަނބުލޭގެ ޚަބަރުދެއްވައިފިނަމަ މެނުވީ އެކަމެއްނޭގޭނެއެވެ. އަދި އެކަނބަލުންގެ ބަހުގެ މައްޗަށް ރަޙިމުގެ ހުސްކަން ސާބިތުކުރުމާމެދު އުންމަތުގެ މެދަކު ޚިލާފެއްނެތެވެ. އަދި އެނޫންގޮތަކަށް އެކަމެއް ސާބިތެއްނުވާނެއެވެ."[8]
الصابوني ވިދާޅުވިއެވެ. "ހަމަކަށަވަރުން ﷲ ތަޢާލާވަނީ، އެކަނބަލުންގެ ރަޙިމުގައި ޚަލްޤު ކުރައްވާފައިވާ އެއްޗެއް ފޮރުވުން ޙަރާމްކުރައްވާފައެވެ. އެހެނީ އެކަމަކީ ފިރިހެނުންނަށް އެކަނބަލުންގެ އަނބިން ރުޖޫޢަ ކުރުމުގެ ޙައްޤާއި ގުޅިފައިވާ ކަމެކެވެ. އަދި އެކަން ލެއްވިފައި ވަނީ އިންސާނީ ދަރިފަސްކޮޅު މައްސުނިވުން ނައްތާލުމަށްޓަކައެވެ. ފަހަރެއްގައި މީހަކު އޭނާ ޢިއްދަގެ ދުވަސްތަކުގައި އޭނާގެ ފިރިމީހާއަށް ބަލިވެ އިނދެދާނެއެވެ. ދެން އޭނާ އެހެން ފަރިހެނަކާ ކައިވެނިކޮށްފާނެއެވެ. އެހެންކަމަށްވާނަމަ އިންސާނުންގެ ދަރިފަސްކޮޅު އޮޅޭނެއެވެ. އަދި ފަހަރެއްގައި ފިރިމީއަށްވާ ރުޖޫޢަކުރުމުގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި އެކަން އެގޮތަށް އޮވެދާނެއެވެ. އެސަބަބުތަކަށްޓަކައި ﷲތަޢާލާވަނީ އެކަނބަލުންގެ رَحِم ތަކުގައިވާ އެއްޗެއް ވަންހަނާކުރުން ޙަރާމްކުރައްވާފައެވެ."[9]

ހަތަރުވަނަ ޙުކުމް
މިއާޔަތުގައިވާ ޙުކުމްތަށް ހުރިހާ ވަރިކުރުމަކަށް އާންމުވެގެން ވޭހެއްޔެވެ؟

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. "والمطلقات يَتَرَبَّصْنَ بِأَنْفُسِهِنَّ"(سورة البقرة:228) މާނައީ: "އަދި ވަރިކުރެވިފައިވާ އަންހެނުން އެކަނބަލުންގެ ނަފުސުތަކަށްޓަކައި އިންތިޒާރުކުރާ ހުށިކަމެވެ." މި ޙުކުމް المبتوتة އާއި ( އެބަހީ: ރުޖޫޢަކުރުމުގެ ބާރު ފިރިމީހާއަށް ލިބިފައި ނުވާ ވަރިއެވެ.) رجعي ވަރިއަށް އާނމުވެގެންވެއެވެ.
އަދި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ"(سورة البقرة:228)  މާނައީ: " އަދި އެކަނބަލުންގެ ފިރިންނަށް ކާވެނި ރުޖޫޢަކުރުން ޙައްޤުކަން ބޮޑެވެގެންވެއެވެ." މި އާޔަތުގައިމިވާ ރުޖޫޢަކުރުމުގެ ޙުކުމަކީ ރަޖުޢީ ވަރިއަށް ޚާއްޞަވެގެންވާ ޙުކުމެކެވެ. އަދި المبتوتة އަށްވާ ޙުކުމެއްނޫނެވެ.  އެހެނީ އެފަދަ ވަރީގައި ބާރުވަނީ އެކަނބަލުންގެ އަމިއްލަނަފުސުގެ މައްޗަށެވެ.
ابن كثير رحمه الله ވިދާޅުވެފައިވެއެވެ. "މި އާޔަތުގައިވަނީ ރަޖުޢީވަރީގެ ވާހަކައެވެ. މި އާޔަތް ބާވާލެއްވިފައިވަނީ ބާއިން ވަރިޔާބެހޭގޮތަކުން ނޫނެވެ. ބާއިން ވަރިއަކީ ތިންފަށް ވަރިއަކުން ވަރިކޮށްފައިވުމެވެ. މި އާޔަތް ބާވާލެއްވުނުއިރު ފިރިހެނުންނަށް ސަތޭކަފަހަރު ވަރިކުރިޔަސް ރުޖޫޢަކުރުމުގެ ޙައްޤު ލިބިގެންވެއެވެ. މި އާޔަތް ބާވާލެއްވުމުން 3 ވަރިއަށް ކުޑަކުރެވިގެންދިޔައެވެ. އޭގެ ސަބަބުން މިސްތަކުންގެމެދުގައި  ތިންފަށްވަރިއާ ތިންފަށް ނޫންވަރި ކަނޑައެޅިގެން ދިޔައެވެ."[10]

ހަމަކަށަވަރުން ﷲތަޢާލާ ވަޙީކުރައްވާފައިވަނީ ( مرتان ) ވަރިކުރުންވަނީ ދެފަހަރުއެވެ. އަދި އެކަލާނގެ (طلقتان) ވަރިވަނީ ދެވަރިއެވެ. މިފަދައިން ވަޙީނުކުރައްވައެވެ. އެއިން އިޝާރާތްކުރެވިގެންވަނީ ވަރިވާނީ އެއްފަހަރަށްފަހު އަނެއްފަހަރުކަމެވެ. ދެވަރި އެއްވަރިއަކަށް ނުވާނެއެވެ."[1]

ފަސްވަނަ ޙުކުމް

     ރަޖުޢީވަރި



ރަޖުޢީ ވަރިއަކީ، ފިރިހެނުން އެބައިމީހުންގެ އަނބިން ވަރިކުރުމަށްފަހު، އާ ޢިއްދާއަކާއި، އާރަނަކާއިނުލައި ކާވެނި އަނބުރާގެނައުމުގެ ޙައްޤު ލިބިގެންވާ ވަރިއެވެ. އަދި ކާވެނި ރުޖޫޢަކުރާކަށް އަނބިމީހާގެ ރުހުމެއް ބޭނުމެއްނުވާނެއެވެ. ފަގެ ޢިއްދަގެ މުއްދަތު ހަމަވެއްޖެނަމަ ރުޖޫޢަކުރުމުގެ ޙައްޤެއް ފިރިމީހާއަކަށް ލިބިގެން ނުވެއެވެ. ފިރިހެނުންނަށް އެމީހުންގެ އަނބިން ރުޖޫޢަކުރުމުގެ ޙައްޤު ލިބިގެންވާކަން ބަޔާންކުރަށްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. "وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ"(سورة البقرة:228)  މާނައީ: "އަދި އެކަނބަލުންގެ ފިރިންނަށް ކާވެނި ރުޖޫޢަކުރުން ޙައްޤުކަން ބޮޑެވެގެންވެއެވެ." އެއާޔަތުގައި އެވާ ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބިގެންވަނީ އަންހެނުން ޢިއްދަގައި އިންނަ ދުވަސްތަކުގައެވެ. ރަޖުޢީ ވަރިއަކުން ވަރިކުރެވިފައިވާ ހާލުގައި އެކައިވެނި ރުޖޫޢަކުރުމަކަށް، އެކަނބަލުންނަށް އެނގޭކަށް އަދި އެކަނބަލުންގެ ރުހުމެއް ޝުރުޠުކުރެވިގެން ނުވެއެވެ. އަދި ކާވެނީގެ ވަލީއެއްވެސް ބޭނުމެއްނުވާނެއެވެ. އަދި އެކަމުގައި ހެކިވެރިންވުމަކަށްވެސް ޝަރުޠުކުރެވިގެން ނުވެއެވެ. އަދި ރުޖޫޢަކުރުމަކީ މުޞްތަޙައްބުވެގެންވާ ގޮތެވެ. އަދި އަނެހެނުން އެކަމަށް އިންކާރުކުރުނުކުރާށެވެ.
ޢިއްދާގެ މުއްދަތުގެ ތެރޭގައި ރުޖޫޢަ ކުރުމަށްޓަކައި މިޘާލަކަށް "އަހަރެންގެ އަނބިމީހާގެ ކައިވެނި ރުޖޫޢަކޮށްފީމެވެ." މިފަދައިން ބުނެވިދާނެއެވެ. އަދި أبو حنيفة އާއި مالك ގެ އަރިހުގައި، ކުރާ ޢަމަލަކުންވެސް ރުޖޫޢަކުރެވިދާނެއެވެ. އެއީ މިސާލަކަށް ބޮސްދިނުން ނުވަތަ ޝަޙުވަތްތެރިކަމާއެކު ބީހިހަދައިގެން ރުޖޫޢަކުރެވިދާނެއެވެ. އަދި ޖިމާޢުވެގެންވެސް ރުޖޫޢަކުރެވޭނެއެވެ. އެހެންނަމަވެސް އިމާމު ޝާފިޢީގެ އަރިހުގައި ޞަރީޙަ ބަހަކުން މެނުވީ ކާވެނި ރުޖޫޢަކުރުން ޞައްޙަވެގެން ނުވެއެވެ. ޖިމާޢުވެގެން ރޫޖޫޢަކުރުން ޞައްޙައެއް ނުވާނެއެވެ. އެހެނީ ވަރީގެ ސަބަބުން ކައިވެނީގެ އަގުދު ރޫޅެއެވެ.
شوكاني ވިދާޅުވިއެވެ. "އާޔަތުން އެނގޭގޮތުގައި ވަކިގޮތަކަށް ރުޖޫޢަކުރުމަކަށް އައިސްފައެއްނެތެވެ. ޢިއްދާއަށްވަނީ މުއްދަތެއް ކަނޑައެޅިފައެވެ. ބަހަކުންވިޔަސް ޢަމަލަކުންވިޔަސް ރުޖޫޢަކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. "وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ"(سورة البقرة:228) މާނައީ: "އަދި އެކަނބަލުންގެ ފިރިންނަށް ކާވެނި ރުޖޫޢަކުރުން ޙައްޤުކަން ބޮޑެވެގެންވެއެވެ." އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "مُره فليراجعها"[1]  މާނައީ: "ފަހެ، މުއްދަތުގެ ތެރޭގައި ( އެބަހީ ޢިއްދާގެ މުއްދަތުގެ ތެރޭގައި) އެކަނބުލޭގެ ރުޖޫޢަކުރާށެވެ." އެހެންކަމުން ޢަމަލަކުން ރުޖޫޢަކުރުން ހުއްދަވެގެން ވެއެވެ. އެހެނީ ހަމަކަށަވަރުން ޢަމަލުގެ މައްޗަށް ބަހެއްވުމަށް ޚާއްޞަކުރައްވާފައެއްނެތެވެ.  އަދި ޢަމަލަކުން ރުޖޫޢަކުރެވިދާނެކަމަށް ދަލީލުކުރެވެއެވެ."[2]

ހަވަނަ ޙުކުމް

އެއް ލަފުޒުން ނުވަތަ އެއްމަޖުލީހެއްގައި ތިން ވަރިކޮށްފިކަމުގައިވާނަމަ އެވަރިވާނީ ތިންފަށް ވަރިއަކަށްހެއްޔެވެ؟ ނުވަތަ އެއްވަރިއަކަށް އެހެއްޔެވެ؟

     ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. "الطلاق مَرَّتَانِ" (سورة البقرة:229)  މާނައީ: "ވަރިކުރުންވަނީ ދެފަހަރުއެވެ" އެއާޔަތުގައި އެވަނީ ވަރިކުރުންވަނީ ދެފަހަރުކަން ބަޔާންކުރައްވާފައެވެ. ތިނަވަފަހަރު ވަރި ކޮށްފިކަމުގައިވާނަމަ އެއަންހެނާ އެހެން ފިރިހެނަކާ ކައިވެނިކޮށްފުމަށްދާންދެން ވަރިކުރެވުނު ފިރިހެނާއަށް އެއަންހެންމީހާ ޙަލާލުވެގެންނުވެއެވެ. އެހެންކަމުން، މީހަކު އެއްމަޖުލީހެއްގައި ތިންވަރި ކޮށްފިކަމުގައިވާނަމަ އެވަރިވާނީ ތިންފަށް ވަރިއަކަށް ހެއްޔެވެ؟ ނުވަތަ އެއްވަރިއަށް ހެއްޔެވެ؟ މިކަމުގައު ޢިލްމުވެރިންގެ ޚިޔާލުތަފާތުވުމެއްވެއެވެ.
ފުރަތަމަ ރަޢުޔު
     އެފަދައިން އެއްމަޖިލީހެއްގައި 3 ވަރިކޮށްފި ކަމުގައިވާނަމަ އެވަރިވާނީ ހަމަ ތިންވަރިއަށެވެ. އެގޮތަށް ވަރިކުރުން އެއީ ޙަރާމްކަމެއް ކަމުގައިވިޔަސް އަދި މަކުރޫހަ ކަމެއްކަމުގައި ވިޔަސް އެވަރިވާނީ ތިންފަށް ވަރިއަކަށެވެ. މިއީ ގިނަ ޢިލުމުވެރިންގެ ބަހެވެ. އަދިމިއީ ހަތަރު މަޛުޙަހަބުގައި ވާގޮތެވެ. އަދި މިއީ ޞަޙާބީންނާއި ތާބިޢީންގެ ތެރެއިން ގިނައަދަދެއްގެ ބޭފުޅުންގެ ރަޢުޔެވެ.
     އެގޮތުން ޖުމްޙޫރު ޢިލްމުވެރިން ވިދާޅުވެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ އެވަނީ ވަރިކުރުމުގައި ޙައްދެއް ކަނޑައަޅާފައެވެ. އެކަމުގައި މިންވަރެއް ކަނޑައަޅާފައެވެ. އެކަލާނގެ އެވަނީ ފިރިހެނުންނަށް އެމީހުންގެ އަނބިން އެއްފަހަރުވެސް ދެފަހަރުވެސް ވަރިކުރެވިދާނެކަން އަންގަވާފައެވެ. ނަމަވެސް ދެންވަރިކޮށްފިކަމުގައިވާނަމަ ރުޖޫޢަކުރުމުގެ ޙައްޤު ލިބިގެން ނުވާނެކަންވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންސާނާ ހައްދުފަހަނަ އަޅައިގޮސް، އެއިންސާނާއަށް ލިބިފައިވާ ރުޚްޞާ (ލުއިފަސޭހަކަން) ނަގައިލާ، އޭނާގެ އަނބިމީހާ އެއްފަހަރާ ތިންވަރިކޮށްފިކަމުގައުވާނަ އެކަންވާނީ ތިންފަށް ވަރިއަކަށެވެ. އެހެނީ އޭނާއެވަނީ ދެވަރިކޮށް އަދި ތިންވަރިވެސްކޮށްފައެވެ. ފަހެ އިސްލާމުދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަކީ އެންމެރަންގަޅު އަދި އެންމެ ސުލްޙަވެރިގޮތެވެ. އެންނަމަވެސް އިންސާނާ ހައްދުފަހަނައަޅާ އޭނާއަށްލިބިފައިވާ ފުރުޞޮތު އޭނާ އަމިއްލައަށް ހަނިކުރުމުން އެކަންވާނީ އޭނާގެ އަމިއްލަ ނަފުސަށެވެ.
     އަދި އިބުނު ޢައްބާސްގެ އަރިހުން ރިވާވެގެންވާ ރިވާޔަތަކުން މިބޭފުޅުން ދަލީލު ނަންގަވައެވެ. "މީހަކު އިބުނު ޢައްބާސްގެ އަރިހަށް އައެވެ. އެމީހާވަނީ އޭނާގެ އަންހެނުން ތިންފަށްވަރިއަކުން ވަރިކޮށްފައެވެ. މުޖާހިދު ވިދާޅުވިއެވެ. "فسكت ابن عباس حتى ظننت أنه رادها إليه ، ثم قال : يطلّق أحدكم فيركب الحموقة ثم يقول : يا ابن عباس ، يا ابن عباس وإن الله تعالى يقول : "وَمَن يَتَّقِ الله يَجْعَل لَّهُ مَخْرَجاً" (الطلاق:2) وإنك لم تتق الله فلم أجد لك مخرجاً عصيت ربك ، وبانت منك امرأتك"[3] މާނައީ: "އިބުނު ޢައްބާސް އެމީހާ ރައްދުކުރައްވާފާނެކަމަށް ތިމަންކަލޭގެފާނަށް ހީވެއްޖައުމަށްދާންދެން އެކަލޭގެފާނު ހަނު ހުނެންވިއެވެ. ދެން އެއައްފަހު އެކަލޭގެފާނު ވިދާޅިވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާ ވަރިކޮށް މޮޔަބޮލަށް އަރާގެން އައެވެ.  އެއަށް ފަހުގައި ގޮވަމުން އާދެއެވެ. އޭ އިބުނު ޢައްބާސްއެވެ. އޭ ޢިބުނު ޢައްބާސްއެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "وَمَن يَتَّقِ الله يَجْعَل لَّهُ مَخْرَجاً" (الطلاق:2) މާނައީ: "އަދި ﷲއަށް ތަޤުވާވެރިވެއްޖެމީހާ ދަންނާށެވެ. އެކަލާނގެ އޭނާއަށް ނުކުންނާނެ މަގުދައްކަވާނެއެވެ." ފަހެ ހަމަކަށަވަރުން ކަލޭ ﷲ އަށް ތަޤުވާވެރިއެއް ނުވަމުއެވެ. އަދި އެކަލާނގެ ކަލެއަށް ނުކުންނާނެ މަގުވެސް ނުދަށްކަވައެވެ. އަދި ކަލޭގެ އަނބިމީހާވެސް ކަލެއަށް ގެއްލި ދިޔައީއެވެ."
     ޢުމަރުގެފާނުގެ ޒަމާނުގައި އެގޮތަށް ތިންވަރި އެއްފަހަރާކުރުމުން އެއީ ތިފަށްވަރިކުރިކަމަށް ނިޔާކުރެއްވުމުން، އެކަމާ އެއްވެސް ޞަޙާބީއަކު އިންކާރުކުރައްވާފައިނުވާތީ އެއީ ޞަޙާބީ ބޭކަލުން އެކަމަށް އެއްބަސްވެ އިޖުމާޢުވެފައިވާ ކަމެއްކަމަށް މިބޭފުޅުން ވިދާޅުވެއެވެ.
އަދި ركانةގެ ޙަދީޘުން މިބޭކަލުން ދަލީލުނަންގަވައެވެ. އެޙަދީޘްގައިވެއެވެ. "ركانة أنه طلق امرأته البتة، فقال له صلى الله عليه وسلم: ما أردت إلا واحدة. قال: الله ما أردت إلا واحدة"[4] މާނައީ: " ركانة އޭނާގެ އަންހެނުން ތިވަރި އެއްފަހަރާކުރިއެވެ. ދެން އޭނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އައެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އޭނާއަށް ޙަދީޘް ކުރެއްވެވިއެވެ. ކަލޭގެފާނު އެއްފަހަރަށްވުރެ ގިނަފަހަރު ވަރިކުރުމަށް ގަސްތުކުރެއްވިންހެއްޔެވެ؟ އޭނާބުންޏެވެ. ﷲ ގަންދީބުނަމެވެ. ތިމަންކަލޭގެފާނު އެއްވަރިކުރުމަށް މެނުވީ ގަސްތުނުކުރައްވަމެވެ." (މިއީ ޝައިޚް އަލްބާލީ ޟަޢީފުކުރައްވާފައިވާ ރިވާޔަތެކެވެ.)
     އިމާމު ނަވަވީ އިސްވެދިޔަ ޙަދީޘްއަށް ރިޢާޔަތްކުރައްވާ ވިދާޅުވެފައިވެއެވެ. "ފަހެ މިކަމުން ދަލީލުކޮށްދެނީ އެގޮތަށް ނިޔަތްގަނެފިކަމުގައި ވާނަމަ އެކަން އެގޮތަށް މެދުވެރިވާނެކަމެވެ. (އެބަހީ ތިންފަށް ވަރިއަށް ވާނެކަމެވެ.) އެހެން ނޫންނަމަ ركانة ހުވައެއް ނުކުރެއްވީހެވެ. އަދި މިރިވާޔަތާއި ދެކޮޅަށް ރިވާކުރައްވާ ބޭކަލުން ރިވާކުރައްވާގޮތުގައި ركانة ވަރިކުރީ ތިންފަށް ވަރިއަކަށެވެ. ނަމަވެސް އެވަރިވީ އެއްވަރިއަކަށެވެ. ނަމަވެސް އެއީ ޟަޢީފު ރިވާޔަތެކެވެ. އެއީ އެ ރިވާޔަތް ރިވާކުރެވިފައިވަނީ މަޖުހޫލުބައެއްގެ ފަރާތުންނެވެ. އެހެނެއްކަމަކު ޞައްޙަވެގެންވާ ގޮތަކީ ކުރިން ބަޔާންކުރެވުނު ގޮތެވެ."[5]

ދެވަނަ ރަޢުޔު
     ތިންވަރި އެއްމަޖުލީހެއްގައި ކޮށްފިކަމުގައި ވާނަމަ އެވަރި ތިންފަށް ވަރިއަކަށް ނުވާނެއެވެ. އެވަރިވާނީ އެއްވަރިއަކަށެވެ. ޝައިޚު އިބުނު ބާޒް ވިދާޅުވެފައިވެއެވެ. "މިގޮތަކީ އިބުނުޢައްބާސްގެ އަރިހުން ޞަޙީހުމަގުން އައިސްފައިވާ ގޮތެކެވެ. އަދި މިގޮތާ ޚިލާފުވާގޮތަށްވެސް އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އަދި މިފަދައިން ޞަޙާބީންގެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވެއެވެ. -رضي الله عنهم- އަދި ތާބިޢީންގެ ޖަމާޢަތެއްގެ ބޭފުޅުންވެސް މިފަދައިން ވިދާޅުވެއެވެ. އަދި މިއީ محمد بن إسحاق صاحب السيرة ވެސް އިޚްތިޔާރުކުރެއްވި ގޮތެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން މަޝްހޫރު އިމާމެއްކަމުގައިވާ أبو العباس ابن تيمية  رحمه الله تعالى ވެސް ފަތުވާދެއްވާފައިވާ ގޮތެވެ. އެދި އެކަލޭގެފާނުގެ މައްޝްހޫރު ދަރިވަރެއްކަމުގައިވާ العلامة المحقق ابن القيم - رحمه الله تعالى - ވެސް ފަތުވާދެއްވާފައިވާ ގޮތެވެ."[6] އަދި މިއީ އިމާމު ޝައުކާނީ އާއި ޝައިޚު އުޘައިމީންއާއި ޝައިޚު އަލްބާނީގެވެސް ރަޢުޔެވެ.
     މިބޭކަލުން މިކަމުގައި ދަލީލުނަންގަވަމުން ވިދާޅުވެފައިވެއެވެ. މިކަމުގެ އަސްލު ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ސާބިތުވެފައެވެ. އެއީ އިބުނު ޢައްބާސް ގެއަރިހުން ރިވާވެގެންވާ ރިވާޔަތުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "كان الطلاق على عهد رسول الله صلى الله عليه وسلم وأبي بكر ، وسنتين من خلافة عمر طلاقُ الثلاث واحدة ، فقال عمر بن الخطاب : إن الناس قد استعجلوا في أمرٍ كانت لهم فيه أناةٌ ، فلو أمضيناه عليهم ، فأمضاه عليهم"[7] މާނައީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައާއި އަބޫބަކުރުގެފާނުގެ ޒަމާނުގައާއި އަދި ޢުމަރުގެފާނުގެ ޚިލާފަތުގެ ދެއަހަރުވަންދެން ބަލަމުން އައީ ތިންވަރި އެއީ އެއްވަރިއެއްކަމުގައެވެ. ދެންފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން އެކަމުގައި ފަސޭހަކަމެއްލިބިފައިވާ ކަމެއްގައި އެބައިމީހުން އަވަސްއަރާގެންފިއެވެ. އެބައި މީހުންގެ މައްޗަށް އެކަން ކަނޑައެޅެންޏާމު ތިމަންކަލޭގެވާނު އެކަން އެބައިމީހުންގެމަށްޗަށް ކަނޑައަޅާފީމެވެ. (އެބަހީ އެއްފަހަރާކުރާ ތިންވަރި ތިންފަށް ވަރިއަށް ކަނޑައެޅުން)" އިސްވެދިޔަ ދަލީލުން އެގިގެންދިޔަ ގޮތުގައި އެގޮތަށް ކުރާވަރި އެއްވަރިއެއްކަމުގައި ބެލުމަކީ ޝަރީޢަތުގައި ސާބިތުވެގެންވާގޮތެވެ. ޢުމަރުގެވާނުގެ ޒަމާނުގައި އޭރުގެ މަޞްލަޙަތަށްޓަކައި އެކަން ބަދަލުކުރެއްވީއެވެވެ.
     އަދި އިމާމު أحمد بن حنبل ޞައްޙަ ސަނަދުން، ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެއެވެ. އިބުނު ޢައްބާސް އެކަލޭގެފާނުގެ ބައްޕަގެ އަރިހުން ރިވާކޮށްފައިވެއެވެ.  "أن أباه كان طلق امرأته ثلاثاً، فحزن عليها، فردها عليه النبي صلى الله عليه وسلم وقال: إنها واحدة."[8] މާނައީ: "އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ތިންފަށްވަރިއަކުން ވަރިކުރިކަމުގައިވިއެވެ. އަދި އެކަމާ އެކަލޭގެފާނު ވަރަށް ހިތާމަކުރެއްވެވިއެވެ. އެއަށްފަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ އެއްވަރިއެވެ."
     އަދި މިބޭފުޅުން ވިދާޅުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "الطلاق مَرَّتَانِ" (سورة البقرة:229)  މާނައީ: "ވަރިކުރުންވަނީ ދެފަހަރުއެވެ" އޭގެ މާނައަކީ އެއްފަހަރައްފަހު އަނެއްފަހަރު ވަރިކުރުމެވެ. އެއްފަހަރާ ދެވަރިކުރުމެއް ނޫނެވެ. އެއްފަހަރާ ތިންވަރިކުރުމަކުން ނުފުދޭނެއެވެ. އެހެނީ މިސާލަކަށް، ލިޔާނުކުރާއިރުގައި ހަތަރު ފަހަރު ހުވާކުރުމަށްވެއެވެ. އެހެންނަމަވެސް މިސާލަކަށް، މީހަކު ހުވާކުރަމުން ބުނެފާނެއެވެ. ހަމަކަށަވަރުން އަހަރެން ހަތަރުފަހަރު ހުވާކޮށްފައިބުނަމެވެ. އަހަރެންވަނީ ދެދުވެރިންގެ ތެރެއިންނެވެ. އެހެންނަމަވެސް އެހުވާ ވެގެންދަނީ އެއް ހުވަޔަށެވެ. ހަމަ އެފަދައިން ޒިނޭ އަށް އިޤުރާރުވެ ހުވާކުރަމުން މިފަދައިން ބުނެއެވެ. އަހަރެން ޒިނޭކުރިކަމަށް ހަތަރުފަހަރު އިޤުރާރުވަމެވެ. އެހެންނަމަވެސް އެވާނީ އެއްފަހަރު އިޤުރާރުވިކަމަށެވެ. އަދި ހަމަ އެއާއެކު ނަމާދަށް ފަހުގައި ޒިކުރު ތަސްބީޙަ ކިޔުމަށް ވާރިދުވެގެން އައިސްފައިވެއެވެ. އެއީ سبحان الله 33 ފަހަރު، الحمد لله 33 ފަހަރު، الله اكبر 33 އެވެ. މީހަކު سبحان الله 33 ފަހަރު ކިޔަމެވެ. މިފަދައިން ބުނުމުން ފުދޭހެއްޔެވެ. ނުފުދެއެވެ. އެހެންނަމަވެސް ޝަރިއްޔަތުގައި ކަނޑެއެޅިގެންވަނީ ވަކިވަކިން ކިޔުމަށެވެ.

ރާޖިޙުވެގެންވާގޮތް
     الصابوني ރާޖިޙުކުރައްވާފައިވަނީ ޖުމްޙޫރު ޢިލްމުވެރިންގެ ބަހެވެ. އަދި ވިދާޅުވެފައިވެއެވެ. "ދެވަނަ ރަޢުޔުގެ ބޭފުޅުން ގެނެސްފައިވާ ދަލީލުތަކެއް ޖުމްޙޫރު ޢިލުމުވެރިންގެ ބަސްފުޅާއި ޞަޙާބީންގެ އިޖުމާޢުއަށްވުރެ ގަދައެއް ނޫނެވެ."
     މި މައްސަލައިގައި އުފެދިފައިވާ އިޚްތިލާފުތަކަށް ބަލާލާއިރުގައި، ފުރުތަމަ ކަމެއްގެގޮތުން ފާހަގަ ކޮށްލެވެނީ އިބުނު ޢައްބާސްގެ އަރިހުން ރިވާވެގެންވާ ރިވާޔަތެވެ. އެރިވާޔަތުން އެނގި ސާފުވެ ބަޔާންވެގެންދާގޮތުގައި، ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ޒަމާނުގައާއި، އަބޫބަކުރުގެފާނުގެ ޒަމާނުގައާއި އަދި ޢުމަރުގެފާނުގެ ޚިލާފަތުގެ ފުރަތަމަ ދެއަހަރު ނިޔާކުރެވެމުން އައީ، ތިންވަރި އެއްފަހަރާ ކުރުމުން އެއީ އެއްވަރި ކަމަށެވެ. އެގޮތަށް ނިޔާކުރަށްވާފައިވުމުން އެގިގެންދަނީ، އެގޮތަށް ކަންތަށްކުރުން އިސްލާމްދީނުގައި ސާބިތުވާކަމެވެ. އަހަމައެއާއެކު ޢުމަރުގެކެފާނުގެ ޚިލާފަތުގައި، އެގޮތަށްކުރާ ވަރި އެއީ، ތިންފަށް ވަރިކަމަށް ކަނޑައެޅުމުން އަދި އެކަމާ އެއްވެސް ޞަޙާބީއަކު އިންކާރުކުރައްވާފައިނުވުމުން، އެގޮތަށް ކަންތަށް ކުރުމަކީ ބިދުޢައެކޭ ބުނެވޭނެ ޖާގައެއްވެސް ނެތެވެ. ހަމައެއާއެކު އެ ރިވާޔަތުން އެނގޭގޮތުގައި، ޢުމަރުގެފާނު އެގޮތަށް ކަންތަށް ކުރައްވާފައިވަނީ އެޒަމާނުގައި މުސްލިމުންގެ އާންމު މަޞްލަޙަތު އެގޮތަށްވާތީއެވެ. ނަމަވެސް ފަހުގެ ޢިލްމުވެރިންގެ ތެރެއިން މަޝްހޫރު ހުރިހާ ޢިލްމުވެރިންކަހަލައިން ފަތުވާދެއްވާފައިވަނީ ޢުމަރުގެފާނު ނިޔާކުރެއްވި ގޮތާއި ޚިލާފަށް އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި އެކަލޭގެފާނުކަންތަށް ކުރައްވާފައިވާގޮތަށެވެ. މިބޭފުޅުން އެފަދައިން ފަތުވާދެއްވާފައިވަނީ މިޒަމާނުގައި މަޞްލަހަތު އެގޮތުގައިވާތީކަމަށް ޤަބޫލުކުރެވެއެވެ. އިބުނު ބާޒް ވިދާޅުވެފައިވެއެވެ. "هذا الذي أفتي به لما فيه من التيسير على المسلمين"[9] "މިފަދައިން އެބޭފުޅުން ފަތުވާ ދެއްވާފައިވަނީ އެކަމުގައި މުސްލިމުންނަށް ފަސޭހަކަންވާތީއެވެ." والله أعلم

ހަތްވަނަ ޙުކުމް
"الطلاق مَرَّتَانِ" (سورة البقرة:229)  މާނައީ: "ވަރިކުރުންވަނީ ދެފަހަރުއެވެ" މިއާޔަތުގެ މުރާދަކީ ކޮބާ؟
މި އާޔަތުގައި މިވާ ވަރީގެ މުރާދަކީ ކޮބައިކަމާމެދުގައި ޢިލްމުވެރިންގެ ބަސްފުޅުތައް ތަފާތެވެ. ވިކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކެއް ވެއެވެ.
ފުރަތަމަ މުރާދު: މިއާޔަތުގައި އެވަނީ ޝަރުޢު ކުރެވިގެންވާ ދެވަރީގެ ވާހަކައެވެ. އެއީ الطلاق المشروع އެވެ. އަދި މިނޫންވަރި އެއީ ޝަރުޢުކުރެވިގެންވާ ވަރިއެއް ނޫނެވެ. މިއީ الحجّاج بن أرطأة  އާއި الرافضة ގެ މަޛުޙަބުގައިވާ ގޮތެވެ.
ދެވަނަ މުރާދު: މިއީ ސުންނަތްވެގެންވާ ދެވަރިއެވެ. މިއީ الطلاق المسنون އެވެ. މިއީ ابن عباس އާއި مجاهد ބަހެވެ. އަދި އިމާމް އަޙުމަދުގެ މަޛުޙަބުގައިވާ ގޮތެވެ.
ތިންވަނަ މުރާދު: އެއާޔަތުގައި އެވާ ދެވަރިއަކީ ރަޖުޢީވަރިއެވެ. މިއީ قتادة އާއި عروة ބަހެވެ. އަދި މިއީ ޖުމްޙޫރު ޢިލްމުވެރިންގެ ބަހެވެ.
އިމާމް شوكاني އެކަލޭގެފާނުގެ تفسيره  فتح القدير  ގައި ވިދާޅުވެފައިވެއެވެ. "މި އާޔަތުގައި ބަޔާންވެގެންދާ ވަރިއަކީ އެއީ ރަޖުޢީވަރިއެވެ. އެއީ އިސްވެދިޔަ ފުރަތަމަ އާޔަތުން ދަލީލުކޮށްދޭ ގޮތެވެ. އެއާޔަތުގައި އެވާ ވަރިއަކީ، ފިރިހެނުންނަށް ރުޖޫޢަކުރުން ސާބިތުކޮށްކޮށްދީފައިވާ ވަރިއެވެ. އެއީ ދެވަރިއެވެ. އެއީ ފުރަމަތަމަ ވަރިއާއި ދެވަނަ ވަރިއެވެ. ތިންވަނަ ވަރީގައި ރުޖޫޢައެއް ނުކުރެވޭނެއެވެ. އެހެނީ 
އަށްވަނަ ޙުކުމް
ވަރިކުރުމާއި ގުޅިގެން އަނބިންނަށް ދީފައިވާ މުދަލެއް ފިރިމީހާ އަތުލުން
    ފިރިން އެމީހުންގެ އަނބިންވަރިކުރާއިރުގައި އިޙްސާންތެރިކަމާއެކު އެކަނބަލުން ދޫކޮށްލުމަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވެއެވެ. އަދި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙުކުންފުޅުތައް، އެދެމީހުން ޤާއިމް ނުކުރާނެކަމާމެދު، އެދެމީހުން ބިރުގަންނަނަމަ މެނުވީ، އެކަނބަލުންނަށް ރަނުގެގޮތުގައި ދިން ތަކެތީގެތެރެއިން އެއްޗެއް އަތުލުންވަނީ ނަހީކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "وَلاَ يَحِلُّ لَكُمْ أَن تَأْخُذُواْ مِمَّآ آتَيْتُمُوهُنَّ شَيْئاً إِلاَّ أَن يَخَافَآ أَلاَّ يُقِيمَا حُدُودَ الله فَإِنْ خِفْتُمْ أَلاَّ يُقِيمَا حُدُودَ الله"(سورة البقرة:229)  މާނައީ: "އަދި، އެ ދެމީހުން، اللَّه ކަނޑައަޅުއްވާފައިވާ حكم ތައް قائم ނުކުރެވިދާނެކަމަށް ބިރުގަންނަނަމަ މެނުވީ، އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުލުން ތިޔަބައިމީހުންނަކަށް حلال ވެގެނެއް ނުވެއެވެ."
އެ އާޔަތުގައި އެވަނީ ދެމަފިރިންގެ މެދުގައި ﷲ ތަޢާލާ ކަނޑައަޅައިފައިވާ ޙުކުމްފުޅުތަށް ޤާއިމް ކުރުމަށް އަންގަވާފައެވެ. އަދި ހެޔޮގޮތުގައި ކިޔަމަންތެރިކަމާއެކު އެކަކު އަނެކަކަށް ދޭންޖެހޭ ޙައްޤުތަށް އަދާކުރުމަށް އަންގަވާފައެވެ. އަދި ދެމަފިރުންގެ މެދުގައި ޚިލާފުތަށް އުފެދި، ދެބަސްވުމާއި ނުރުހުންތެރިކަމާއި ނަފުރަތްތެރިކަން އުފެދިއްޖެނަމަ، އަންހެންމީހާއަށް ވަރިއަށް އެދުން ހުއްދަވެގެންވެއެވެ. އަދި އެފަދަ ހާލަތުގައު އަނބިމީހާއަތުން މުދަލެއް އަތުލުން ފިރިމީހާއަށް ހުއްދަވެގެންވެއެވެ. އެހާލަތުގައި އަނބިމީހާ ވަރިއަށް އެދިގެން ކުރާ ވަރިއަށް ފިޤުހު ޢިލްމުވެރިން ދެއްވާފައިވާ ނަމަކީ ( الخُلع ) ޚުލުޢު ވަރިއެވެ. މި ވަރީގައި އަނބިމީހާ ފިރިމީހާކައިރިން ދުރުވުމުގެ ބަދަލެއްގެ ގޮތުން އެއްޗެއް އަނބިމީހާގެ އަތުން އަތުލެވޭނެއެވެ.
މިފަދައިން ފިރިމީހާ އަނބިމީހާގެ އަތުން އެއްޗެއް އަތުލާހިނދުގައި ޢަދުލުވެރިކަމާ އިންޞާފުވެރިކަމާއެކު އެއެއްޗެއް އަތުލާހުށިކަމެވެ. އެއީ ރަނުގެ ގޮތުގައި ދީފައިވާ އެއްޗެއް ކަމުގައިވިޔަސް އަދި ޒަފާފުގެރޭގައި ދީފައިވާ އެއްޗެއްކަމުގައިވިޔަސް އަދި އަންހެންމީހާއަށް ހޭދަކޮށްފައިވާ ހޭދަކުރުމެއްކަމުގައިވިޔަސް އެއެއްޗެއް އަތުލާއިރުގައި ޢަދުލާއި އިންޞާފުން އަތުލާހުށިކަމެވެ. އަދި އަނބިން އެމީހުންގެ ފިރިން އަތުން ލިބިގެންފައިވާއެއްޗެއް ދޭހުށިކަމެވެ.
މިކަމުގައި ދަލީލު ލިބިގެންވަނީ ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވާ ރިވާޔަތަކުންނެވެ. އެއީ ثابت بن قيس ގެ އަނބިކަނބަލުންގެ ވާހަކައެވެ. އެރިވާޔަތުގައިވެއެވެ.  އެ އަންހެންމީހާއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. "أتردين عليه حديقته؟ قالت نعم ، فقال رسول الله صلى الله عليه وسلم : اقبل الحديقة وطلّقها تطليقة "[2] މާނައީ: "ކަންބުލޭގެ އަތުގައި އޭނާގެ ބަގީޗާ އެބައޮތްހެއްޔެވެ؟ އެކަނބުލޭގެ ދެންނެވިއެވެ. އާއެކެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. އެ ބަގީޗާ އޭނާއާ ހަވާލުކުރާށެވެ. އަދި އެކަނބުލޭގެ ވަރިވުމަކުން ވަރިކުރާށެވެ.
ފިޤުހު ޢިލްމުވެރިންގެތެރެއިން ޖުމްހޫރު ޢިލްމުވެރިން ދެކެލައްވާގޮތުގައި ފިރިމީހާ އަނބިމީހައަށް ދީފައިވާ އެއްޗަކަށްވުރެ އިތުރަށް އަތުލުން ހުއްދަވެގެންވެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "فَلاَ جُنَاحَ عَلَيْهِمَا فِيمَا افتدت بِهِ" (سورة البقرة:229) މާނައީ: "ފަހެ، އެކަނބުލޭގެ ވަރިވުމަށް އެއްޗެއްދިނުމާއި، ދިންއެއްޗެއް ހިފުމުގައި، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ." މިއާޔަތުން ދޭހަވާގޮތުން މަދުންވެސް އަދި އިތުރަށްވެސް ނެގިދާނެއެވެ.
އަދި شعبي އާއި زهري އަދި حسن البصري ވިދާޅުވެއެވެ. ފިރިމީހާ އަނބިމީހާއަށް ދީފައިވާ އެއްޗަކަށްވުރެ އިތުރަށް އަތުލުން ޙަލާލުވެގެން ނުވެއެވެ. އެހެނީ އެގޮތަށް އަތުލާކަމުގައިވާނަމަ އެއީ ޙައްޤަކާއިނުލާ އަތުލެވޭ އަތުލުމެކެވެ. މިބޭފުޅުން ދަލީލު ނަންގަވަނީ ހަމަ މިއާޔަތުންވެ. އެބޭފުލުން ވިދާޅުވެފައިވަނީ އެ އާޔަތުގައި އެވަނީ ފިރިމީހާ އަނބިމީހާއަށް ދީފައިވާއެއްޗެއް އަތުލުން ހުއްދަވެގެންވާ ވާހަކައެވެ.
الصابوني ވިދާޅުވެއެވެ. ރާޖިޙުވެގެންވަނީ ފިރިމީހާ އަނބިމީހާއަށް ދީފައިވާ އެއްޗަކުން އިތުރަށް އަތުލުން ހުއްދަވެގެންވުމެވެ. އެހެނެއްކަމަކު އެއީ މަކުރޫހަކަމެކެވެ.
ޚުލުޢުކުރުމަކީ ވަރިއެއްކަމެއް ނުވަތަ فسخ (ކެންސަލްކުރުމެއް) ކަމާމެދު ފިޤުޙުޢިލްމުވެރިންގެ މެދުގައު ޚިޔާލުތަފާތުވެފައިވެއެވެ. އެގޮތުން ޖުމްޙޫރު ޢިލްމުވެރިން ވިދާޅުވަނީ އެއީ ވަރިއެއްކަމަށެވެ. އަދި އިމާމް ޝާފިޢީ ވިދާޅުވެފައިވަނީ އެއީ فسخ އެއްކަމަށެވެ. މި މައްސަލަ އިތުރަށް ދިރާސާކުރަންބޭނުންނަމަ فروع ގެ ފޮތްތަކަށް ރުޖޫޢަވާށެވެ.
ނުވަވަނަ ޙުކުމް
ތިންފަށް ވަރިއަކުން ވަރިވެއްޖެނަމަ އެކަމުގެ ޙުކުމް.
     ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  "فَإِنْ طَلَّقَهَا فَلاَ تَحِلُّ لَهُ مِن بَعْدُ حتى تَنْكِحَ زَوْجاً غَيْرَهُ" (سورة البقرة:230) މާނައީ: "ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށްފަހު، އެކަނބުލޭގެ އެހެން ފިރިޔަކާ ކާވެނިކޮށްފުމަށް ދާނދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ حلال އެއް ނުވާނެތެވެ." މި އާޔަތުގައި އެވަނީ ތިންފަށް ވަރިއަކުން ވަރިކޮށްފިކަމުގައިވާނަމަ އަނބިމީހާ އެހެންމީހަކާ ކައިވެނިކޮށްފުމަށްދާންދެން އެ ފިރިހެނާއަށް އެއަންހެނާއާ ކައިވެނިކުރުން ޙަރާމްވެގެންވާކަން ބަޔާންވެފައެވެ. އެފަދަ ހާލަތަށް ފިޤުހު ޢިލްމުވެރިން ދެއްވާފައިވާ ނަމަކީ بائنة بينونه كبرى އެވެ. ﷲތަޢާލާ ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ ވަރިކުރުން ވަނީ ދެފަހަރުކަމެވެ. ދެން އެއަށްފަހު އަންގަވާފައިވަނީ خلع ކުރުމުގެ ޙުކުމެވެ. ދެން ބަޔާންކޮށްފައިވަނީ މިކަމުގެ ޙުކުމެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ "فَإِنْ طَلَّقَهَا" (سورة البقرة:230) މާނައީ: "ދެން އެކަނބުލޭގެ ވަރިކޮށްފިނަމަ" މި އާޔަތުގައިވާ ވަރީގެ މުރާދަކީ ތިންވަނަ ވަރީގެ ވާހަކައެވެ.
     قرطبي ވިދާޅުވިއެވެ. "މިއާޔަތުގައިމިވާ ވަރީގެ ވާހަކައަކީ ތިންވަނަ ވަރީގެވާހަކައެވެ. އެހާލަތުގައި އެއަންހެނާ އެހެންމީހަކާ ކައިވެނިކޮށްފުމަށްދާންދެން ވަރިކުރެވުނު ފިރިމީހާއަކަށް އެއަންހެންމީހާ ޙަލާލުވެގެންނުވެއެވެ. އެކަމުގައި ޢިލްމުވެރިން ޢިޖުމާޢުވެލައްވައެވެ. އަދި އެކަމުގައި އެއްވެސް ޚިލާފެއްނުވެއެވެ."[3]
     ޖުމްހޫރު ޢިލްމުވެރިންނާއި އުންމަތުގެ ބޮޑެތި މުޖުތަހިދުން ވިދާޅުވަނީ، ﷲ ތަޢާލާގެ ވަޙިބަސްފުޅުގައިވާ النكاحގެ މުރަދަކީ ޖިމާޢުވުންކަމުގައެވެ. އެއީ ކައިވެނީގެ އަޤުދުކޮށްލުމެއް ނޫނެވެ. ދެވަނަ ފިރިމީހާއާއި ޖިމާޢުވެއްޖައުމަށްދާންދެން  ފުރަތަމަ ފިރިމީހާ ޙަލާލުވެގެން ނުވާކަމުގައެވެ.
     سعيد بن المسيب ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "إن المطلقة ثلاثاً تحل للأول بالعقد على الثاني"[4] މާނައީ: "ހަމަކަށަވަރުން ތިންފަށްވަރިއަކުން ވަރިކުރުމުން އެހެން ފިރިހެނަކާ އަޤުދުކުރުމުން ފުރަތަމަ ފިރިމީހާއަށް އެއަންހެންމީހާ ޙަލާލުވެގެން ވެއެވެ." މިއީ ޟަޢީފު ޙަދީޘެކެވެ. އެހެނީ އެޙަދީޘް ޞައްޙަ ޙަދީޘްތަކާ ފުށުއަރައެވެ.
     ޖުމްހޫރު ޢިލުމުވެރިން މިކަމުގައި ދަލީލު ނަންގަވާފައިވަނީ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ރިވާޔަތަކުންނެވެ. އެކަމަނާ ވިދާޅުވިއެވެ.  "جاءت امرأة رفاعة إلى رسول الله صلى الله عليه وسلم فقالت : كنت عند رفاعة فلطقني فبتّ طلاقي ، فتزوجت عبد الرحمن بن الزّبير ، وإنّ ما معه مثل هدبة الثوب فقال لها : » تريدين أن ترجعي إلى رفاعة؟ لا ، حتى تذوقي عُسيلته ويذوق عسيلتك"[5]  މާނައީ: "رفاعة ގެ އަނބިކަނބަލޭގެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލމްގެ އަރިހަށް އައެވެ. އެއަށްފަހު ދެންނެވިއެވެ. رفاعة ތިމަންކަމާ ތިންފަށް ވަރިއަކުން ވަރިކުރިއެވެ. ދެން ތިމަންކަމަނާ عبد الرحمن بن الزّبير އާ ކައިވެނި ބައްލަވާގަތީމެވެ. ހަމަކަށަވަރުން އޭނާވަނީ ތިމަންކަމަނާގެ އަރިހުގައި ފޮތިކޮޅެއްފަދައިނެވެ.[6]  ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަނބުލޭގެއަށް ޙަދީޘްކުރެއްވިއެވެ. ކަމަނާ ބޭނުންވެގެން ތިޔައުޅެނީ رفاعةއާއި ކާވެނިކުރަންހެއްޔެވެ؟ ކަމަނާގެފަރާތުން އޭނާ (އެބަހީ މިހާރުގެ ފިރިމީހާ عبد الرحمن بن الزّبير) ލައްޒަތުލިބި އަދި ކަމަނާ އޭނާގެފަރާތުން ލައްޒަތު ލިބިގެންފުމަށްދާންދެން އެކަމެއް ނުވާހުއްޓެވެ." (އެބަހީ ޖިމާޢުވެއްޖައުމަށް ދާންދެނެވެ.)
އިސްވެދިޔަ ޠާހިރުވެގެންވާ ސުންނަތުން ބަޔާންވެގެންދިޔަ ގޮތުގައި އެއާޔަތުގައިއެވާ النكاح އޭގެ މުރާދަކީ ޖިމާޢުވުމެވެ. ޢަޤުދުކުރުމެއް ނޫނެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އޭއާޔަތް އޭގެ ޒާތުގައި ބަޔާންކުރައްވާފައި އެވަނީ އެވާހަކައެވެ.
ابن جني ވިދާޅުވެފައިވެއެވެ. "ޢަލީގެ ބައްޕައާ "نكح المرأة" އާއި ބެހޭގޮތުން އަހަރެން ސުވާލުކުރީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢަރަބިން އެހެން ބުނެއުޅެނީ އިސްތިޢުމާލުލުރުމަށެވެ. (އެބަހީ ބޭނުންކުރުމަށެވެ.) ފަހެ އެބައިމީހުން ބުނެއެވެ. "نكح فلانٌ فلانةً" އޭގެއިން އަންގާދެނީ އަންހެނަކާ ކައިވެނީގެ ޢަޤުދު ހެދުމެވެ. އަދި އެބައިމީހުން ބުނެއެވެ. "نكح زوجته" އޭގެން އަންގާދެނީ ޖިމާޢުވުމެވެ. މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.  "حتى تَنْكِحَ زَوْجاً غَيْرَهُ"  އޭގެ މުރާދަކީ ޖިމާޢުވުމެވެ."[7]
(ނުނިމޭ)

ލިޔުނީ: މުއުތަމިން އަޙްމަދު
މަޞްދަރު: تفسير آيات الأحكام للصابوني
  فتاوى الشبكة الإسلامية معدلة







No comments:

Post a Comment