وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ وَلَا تَقْرَبُوهُنَّ حَتَّى يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ (222) نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُوا لِأَنْفُسِكُمْ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلَاقُوهُ وَبَشِّرِ الْمُؤْمِنِينَ (223)
التحليل
اللفظي
يَسْأَلُونَكَ: އެބައިމީހުން ކަލޭގެފާނާ ސުވާލުކުރާނެއެވެ.
الْمَحِيضِ: الْمَحِيضِ އަކީ مصدر ميمي އެކެވެ. ޙައިޟްއަކީ السيلان (އޮހޮރިގެންދިހުމެވެ. ނުވަތަ ދެމިގެން
ދިޔުމެވެ. ނުވަތަ ފައިބާގެންދިޔުން.)
أَذًى:
ޢަޠާ ވިދާޅުވިއެވެ. "أَذًى އަކީ "ހަޑިކަމެވެ."
ޢަރަބި
ބަހުގައި أَذًى އަކީ އެކަމަކުން ނުރުހުންތެރިކުރުވަނިވި ނުވަތަ
އުނދަގޫދެނިވި ކޮންމެ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. {
لاَ تُبْطِلُواْ صدقاتكم بالمن والأذى } [ البقرة : 264 ] . މާނައީ: " ކަލަގޮވުމުންނާއި،
އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقات ތައް باطل ނުކުރާ ހުށިކަމެވެ!
" الطبري ވިދާޅުވިއެވެ.
"وسمي الحيض أذى لنتن ريحه
وقذره ونجاسته"[1] މާނައީ: "ޙައިޟްއަށް أَذًى އޭކިޔުނީ އޭގައި ހަޑިކަމާއި ނުބައިވަހާއި ނަޖިސްކަން
އެކުލެވިފައިވާތީއެވެ."
فَاعْتَزِلُوا:
فَاعْتَزِلُوا ނެގިފައިވަނީ
الاعتزال އިންނެވެ. މާނައަކީ
ކަމެއްކުރުން ހުއްޓާލައި އެކަމަކުން ދުރުވެގަތުމެވެ. ﷲ ތަޢާލާ
ވަޙީކުރައްވާފައިވެއެވެ. މާނައީ: {
وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ الله } [ مريم : 48 ] މާނައީ: "އަދި ތިޔަބައިމީހުންނާއި
ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ، އަހުރެން ދުރުވެގަންނަށީމެވެ."
يَطْهُرْنَ: އެއީ ޠާހިރުވުމެވެ. ޙައިޟުގެ ލޭ ގެނޑުމެވެ.
تَطَهَّرْنَ: އެއީ ޠާހިރު ކުރުވުމެވެ. އެބަހީ އެކަނބަލުން ފެންވެރުމެވެ.
حَرْثٌ: އަކީ ގޮވާންކުރާ ދަނޑެވެ. އައްރާޣިބު ވިދާޅުވިއެވެ. އެއީ
އޮށްއިންދާ ގަސްފެޅުވުމެވެ. އަދި المحروث
އަށް حرثاً އޭކިޔެއެވެ. މާތް ﷲ
ވަޙީކުރެއްވިއެވެ. {
أَنِ اغدوا على حَرْثِكُمْ إِن كُنتُمْ صَارِمِينَ } [ القلم : 22
] . މާނައީ: "ތިޔަބައިމީހުން
އިންދި ތަކެތީގެ މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ!"[2]
أَنَّى
شِئْتُمْ: އެއީ ބޭނުންވި ދިމައަކުން ބޭނުންވި ގޮތަކަށެވެ. ކުރިމަތިންވިޔަސް
ފަހަތުންވިޔަސް މެއެވެ. އަދި ކޮޅަށްހުރެގެންވިޔަސް އޮށުވެއޮވެގެންވިޔަސް މެއެވެ. ޤުރުޠުބީ
އާއި އިބްނު ޢައްބާސް ވިދާޅުވިއެވެ. "( فاتوا حرثكم أنَّى شئتم ) أي ائتها
أنَّى شئت مقبلة ومدبرة ، ما لم تأتها في الدبر والمحيض ." މާނައީ: "( فاتوا حرثكم
أنَّى شئتم ) އެއީ ކުރިމަތިންވިޔަސް ފަހަތުންވިޔަސް އެކަނބަލުންގެ ކަރިއަށް އަންނާށެވެ.
(އެބަހީ ޖިމާޢުވާށެވެ.) އަދި އެކަނބަލުންގެ ކަރިއަށް ޙައިޟުގެ ދުވަސްވަރު
ނާންނާށެވެ. (އެބަހީ ޖިމާޢުނުވާށެވެ.) އަދި ފުރަސްފަރާތްބޭނުންކޮށްގެން ވަޠިޔުނުކުރާށެވެ.
އަދި ޢިކްރިމާ
ވިދާޅުވިއެވެ. "يأتيها كيف شاء ، ما
لم يعمل عمل قوم لوط."[3] މާނައީ: "ބޭނުންގޮތަކަށް
އެކަނބަލުންކާއިއަށް ދާށެވެ. (އެބަހީ ބޭނުންގޮތަކަށް އެކަނބަލުންނާ
ގުޅުންހިނގާށެވެ.) އަދި ލޫޠުގެފާނު ޤައުމުގެމީހުން ޢަމަލުކުރިފަދައިން ޢަމަލު
ނުކުރާށެވެ."
وَقَدِّمُوا
لِأَنْفُسِكُمْ: ތިޔަބައިމީހުންގެ
އަމިއްލަ ނަފްސުތަކަށްޓަކައި ޞާލިޙު ހެޔޮޢަމަލާއި ހެޔޮކަންތައްތައް
އިސްކުރާށެވެ. އެއީ އާޚިތައައްޓަކައި ހެޔޮކަންކަމާއި ޞާލިޙް ޢަމަލު
އިތުރުކުރުމަށްޓަކައެވެ.
وَاتَّقُوا اللَّهَ: ﷲއަށް ބިރުވެތިވެ، އެކަލާނގެ އަމުރުކުރައްވާފައިވާ ޢަމަލުތައްކޮށް އަދި
އެކަލާނގެ ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވެގަތުމެވެ.
وَبَشِّرِ
المؤمنين: މުއުމިނުންނަށް
އެބައިމީހުންނަށްވާ ޘަވާބާ، ކަރާތްމާތްތެރިކަމާއި އަދި ކާމިޔާބާއި ފަލާޙް
ލިބިގެންވާ ސުރުވަރުގޭގެ ދަރަޖަތައްލިބުމުގެ އުވާފެރި ޚަބަރުދެއްވާށެވެ.
المعنى الإجمالي
އޭ މުޙައްމަދުގެފާނެވެ. ޙައިޟުގެ
ދުވަސްވަރު އެބައިމީހުންގެ އަނބިންނާ އެއްދާންކުރުން ހުއްދަ ކަމެއްތޯ ނުވަތަ
ޙަރާމްކަމެއްތޯ ކަލޭގެފާނާ އެބައިމީހުން ސުވާލުކުރާނެއެވެ. ކަލޭގެފާނު
ވިދާޅުވާށެވެ. ހަމަކަށަވަރުން ޙަޟުގެ ލެއަކީ އުނދަގޫކުރަނިވި ފޫހިކުރަނިވި
ލެއެކެވެ. އެދުވަސްވަރުގައި ތިޔަބައިމީހުންގެ އަނބިންނާ ޖިމާޢުވުމުން
ދުރުވެގަންނާށެވެ. އަދި އެކަނބަލުންގެ ޙައިޟުގެ ލޭ ގެނޑި
ޠާހިރުވެއްޖައުމަށްދާނދެން އެކަނބަލުންނާ ކައިރިނުވާށެވެ. ފެހެ އެނކަނބަލުން
ފެންވަރާ ޠާހިރުވުމުން، ﷲ ތަޢާލާ ތިޔަބައިމީހުންނަށް އަމުރުކުރައްވާފައިވާ
ފަދައިން އެކަނބަލުންކައިރިއަށް ގޮސް އުޅޭށެވެ. (އެބަހި ޖިމާޢުވެއުޅޭށެވެ.) އެއީ ﷲ
ތަޢާލާ ޙަލާލްކުރެއްވި ތަންތަނުންނެވެ. އެއީ القُبُل (ކިސްކުރުމާ ނުވަތަ
ބޮސްދިނުމާއި) ދަރިމައިވާ ތަނަށް ޖިމާޢުވުމެވެ. (އެބަހީ ކުރިމަތިފަރާތަށް
ޖިމާޢުވުމެވެ.) އަދި ޙަރާމްކުރެއްވި مكانތަށް ބޭނުންނުކުރާށެވެ. (އެބަހީ
ފުރަގަސްފަރާތް ބޭނުންނުކުރުމެވެ.) ފަހެ ހަމަކަށަވަރުން ހަޑިހުތުރު،
ފާހިޝްކަންތައްތަކުން ރުޖޫޢަވެ ތައުބާވާމީހުންދެކެ ﷲތަޢާލަ ލޯބިވެވޮޑިގެންވެއެވެ.
އަދި ޠާހިރުވާމީހުންދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.
ދެން
އެއަށްފަހުގައި އެވަނީ ﷲތަޢާލާ ޖިމާޢުވުން ހުއްދަކުރައްވާފައިވާ ގޮތްގޮތްނޫން އެހެންގޮތްގޮތަށް
އެކަންކުރުން ނަޙީކުރައްވާފައެވެ. نِسَاؤُكُمْ حَرْثٌ
لَكُمْ.......މި އާޔަތުގެ މާނައަކީ، ތިޔަބައިމީހުން ގޮވާންއިންދާ އަދި
ތިޔަބައިމީހުން ނަސްލުދަމަހައްޓާތަނަކީ އެކަނބަލުންގެ ރަޙިމްތަކެވެ. އޭރުން
ކުޑަދަރިފުޅު އުފެދެއެވެ. ތިޔަބައިމީހުން ހިތްއެދޭގޮތަކަށް، ހިތްއެދޭ ދިމަޔަކުން
ތިޔަބައިމީހުންގެ އަނބިންގެކަރިއަށް އަންނާށެވެ. (އެބަހީ ޖިމާޢުވެހަދާށެވެ.) އެއީ
ތިޔަބައިމީހުން ނަސްލު ދިރުވުމުގެމަގު ޚިޔާރުކުރުމަށްޓަކައެވެ. އިބްނު އައްބާސް
ވިދާޅުވެފައިވެއެވެ. ( اسق نباتك من حيث
ينبت ) މާނައީ:
"ތިޔަބައިމީހުންގެ ދަނޑަށް ބޭނުންގޮތަކަށް ފެންދީ ގޮވާންކޮށްހަދާށެވެ."
އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި ޞާލިޙު ހެޔޮޢަމަލާއި
ހެޔޮކަންތައްތައް އިސްކުރާށެވެ. އެއީ އާޚިރަތައައްޓަކައި ހެޔޮކަންކަމާއި ޞާލިޙް
ޢަމަލު އިތުރުކުރުމަށްޓަކައެވެ. އަދި ޤިޔާމަތްދުވަހު ﷲތަޢާލާއާ
ބައްދަލުކުރާދުވަހަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ. އަދި އަދި
ކަލޭގެފާނު މުއުމިނުންނަށްވާ ޘަވާބާ،
ކަރާތްމާތްތެރިކަމާއި އަދި ކާމިޔާބާއި ފަލާޙް ލިބިގެންވާ ސުރުވަރުގޭގެ
ދަރަޖަތައްލިބުމުގެ އުވާފެރި ޚަބަރުދެއްވާށެވެ.[4]
سبب النزول
1.
މާތްﷲ ރުއްސުންލެއްވި
އިބްނު އައްބާސް ވިދާޅުވިއެވެ. "كانت
اليهود إذا حاضت امرأة منهن لم يؤاكلوها ولم يشاربوها ولم يجامعوها في البيوت ،
فسئل النبي صلى الله عليه وسلم عن ذلك فأنزل الله { وَيَسْأَلُونَكَ عَنِ المحيض
قُلْ هُوَ أَذًى فاعتزلوا النسآء فِي المحيض } فأمرهم النبي صلى الله عليه وسلم أن
يؤاكلوهن ويشاربوهن وأن يكونوا معهن في البيوت ، وأن يفعلوا كل شيء إلا النكاح ،
فقالت اليهود : ما يريد محمد أن يدع من أمرنا شيئاً إلا خالفنا فيه ، فجاء ( عبّاد
بن بشر ) و ( أُسَيْد بن خصير ) إلى رسول الله صلى الله عليه وسلم فأخبراه بذلك
وقالا يا رسول الله : أفلا ننكحهن في المحيض؟ فتمعّر وجه رسول الله صلى الله عليه
وسلم حتى ظنّنا أنه غضب عليهما ، فاستقبلتهما هدية من لبن فأرسل لهما رسول الله
صلى الله عليه وسلم فسقاهما فعلما أنه لم يغضب"[5] މާނައީ: "ޔަހޫދީން، އެބައިމީހުންގެ ތެރެއިން އަންހެނަކު
ޙައިޟުވެއްޖެކަމުގައި ވަނީނަމަ އޭނާއާއެކީގައި
ކައިބޮއި ނޫޅެއެވެ. އަދި އޭނާއާއެއްކޮށް ގޭތެރޭގައި އެކުވެނޫޅެއެވެ. ފަހެ މިކަމާއި ބެހޭގޮތުން ރަސޫލﷲ صلى
الله عليه و سلم އާއި
ސުވާލުކުރެވުނެވެ. ދެން ﷲ ތަޢާލާ އެކަމާއި
ބެހޭގޮތުން ވަޙީ ބާވައިލެއްވިއެވެ. { وَيَسْأَلُونَكَ عَنِ المحيض قُلْ هُوَ أَذًى فاعتزلوا النسآء
فِي المحيض } މާނައީ: "އަދި ޙައިޟާމެދު، ކަލޭގެފާނާ
އެއުރެން ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ!
އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ
ދުރުހެލިވާށެވެ! (އެބަހީ: ޖިމާޢުނުވާށެވެ!)"
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެބައިމީހުންނަށް އަމުރުކުރައްވާ
ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން އެކަނބަލުންނާއެކުގައި ކައިބޮއިއުޅޭށެވެ. އަދި
އެކަނބަލުންނާއެކުގައި ގޭގައި ތިޔަބައިމީހުން އުޅޭށެވެ. އަދި ޖިމާޢުވުން ފިޔަވައި ހުރިހާކަމެއް ކުރާށެވެ. ފަހެ ޔަހޫދީން ބުންޏެވެ. މި
މުޙައްމަދު އަހަރެމެންނާ ޚިލާފުވާގޮތަށް މެނުވީ އެއްވެސްކަމެއް ކުރާކަށް
ބޭނުމެއްނުވެއެވެ. ފަހެ އުސައިދު ބުން ޙުޟައިރާއި ޢައްބާދު ބުން ބިޝްރު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހަށް
ވަޑައިގަތެވެ. އަދި އެޚަބަރު އެކަލޭގެފާނަށް ދެއްވިއެވެ. އަދި އެދެބޭކަލުން
ވިދާޅުވިއެވެ. ފަހެ ޙައިޟުގެ ދުވަސްވަރުގައި އަނބިންނާއެކީ ތިމަންބޭކަލުން ޖިމާޢު ނުވާންވީހެއްޔެވެ؟ ހަމަކަށަވަރުން އެކަލޭގެފާނު
އެދެބޭކަލުންނަށް ކޯފާއިސްކުރެއްވީކަމަށް
ތިމަންބޭކަލުންނަށް ހީވާމިންވަރަށް ފަހެ އެކަލޭގެފާނުގެ މޫނުފުޅުގެ ކުލަ ތަޣައްޔަރުވިއެވެ. އެހިނދު ރަސޫލުﷲ صلى
الله عليه و سلم އަށް ހަދިޔާއެއްގެ ގޮތުގައި ކިރު ގެނެވުނެވެ. ދެން އެދެބޭކަލުން
ވީތަނެއް ހޯއްދަވައި ގެންނެވައި އެކިރުން
ބޯންދެއްވިއެވެ. ދެންފަހެ އެކަލޭގެފާނު އެދެބޭކަލުންނަށް ކޯފާއިސްނުކުރައްވާކަމުގައި ތިމަންބޭކަލުންނަށް ޔަޤީންވިއެވެ."
2.
މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން
ރިވާވެގެންވެއެވެ. "كانت اليهود تقول : من أتى امرأته في قُبُلها من دُبُرها كان الولد
أحول ، فنزلت { نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أنى شِئْتُمْ}." މާނައީ: "ޔަހޫދީން
ބުނެއުޅުނުކަމަށްވިއެވެ. ފިރިހެނާ އޭނާގެ
އަނބިމީހާއާއި ޖިމާޢުވާއިރު، ފުރަގަހުން ގެނެސް ކުރިމަތިފަރާތަށް ޖިމާޢުވެއްޖެނަމަ، ލިބޭކުއްޖާގެ ލޯ ޢައިބުވެއެވެ. ދެން މިއާޔަތް ބާވައިލައްވައިފިއެވެ. نِسَآؤُكُمْ حَرْثٌ
لَّكُمْ فَأْتُواْ حَرْثَكُمْ أنى شِئْتُمْ މާނައީ: "ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ
ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން
ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރުކުރާށެވެ."
الأحكام الشرعية (މިއާޔަތްތަކުންނެގޭ
ޝަރުޢީ ޙުމުންތައް)
ފުރަތަމަ ޙުކުމް:
ޙައިޞުގެ ދުވަސްވަރު އަންހެނުންނާ ދުރުވެގަންނަންވީ
މިންވަރު
ޙަޟުގެދުވަސްވަރު
އަނބިންނާ ދުރުވެގަންނަންވީ މިންވަރާމެދު ޢިލްމުވެރިން ޚިޔާލްތަފާތުވެފައިވެއެވެ.
ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން:
ފުރަތަމަ ރަޢުޔު:
އެކަނބަލުންގެ ޙައިޞުގެ
ދުވަސްވަރު އެކަނބަލުންގެ މުޅިހަށިގަނޑާ ދުރުވެގަންނަންޖެހެއެވެ. އެއީ ابن عباس އާއި عبيدة السلماني ގެ
އަރިހުން ރިވާވެގެންވާ ގޮތެވެ. މިބޭކަލުންގެ ޙުއްޖަތަކީ، ﷲތަޢާލާގެ
ވަޙީބަސްފުޅުގައި ދުރުވެގަތުމަށް އަމުރުކުރައްވާފައިވާވުމެވެ. އަދި މިވެނިތަނަކުން
ދުރުވެގަންނާށޭ ނުވަތަ މިވެނިތަނެއްނޫން އެހެންތަންތަނުން ދުވެގަންނާށޭ، މިފަދައިން ވަކިތަނެއް ޚާއްޞަކުރައްވާފައެއް
ނެތެވެ. އެހެންކަމުން ވާޖިބުވެގެންވަނީ އެކަނބަލުންގެ މުޅި ހަށިގަނޑާ
ދުރުވެގެންވުމެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވާފަދައިންނެވެ. { فاعتزلوا النسآء فِي المحيض } މާނައީ:
"ފަހެ، حيض ގެ ދުވަސްވަރުގައި ތިޔަބައިމީހުން
އަންހެނުންނާ ދުރުހެލިވާށެވެ! "
القرطبي ވިދާޅުވިއެވެ. "މިއީ
ޝާޒް (އެކަހެރި) ބަހެކެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން ބޭރުވެގެންވާ
ބަސްފުޅެކެވެ. އަދި މިއާޔަތާގުޅޭގޮތުން ސުންނަތުން ސާބިތުވެފައިވާ ބަސްފުޅުތަކާ
ޚިލާފުވެފައިވެއެވެ."[6]
ދެވަނަ ރަޢުޔު:
ފޫޅާއި ކަކުލާ ދެމެދު ދުރުވެގަތުން.
މިއީ ޙަނަފީ މަޛްހަބާއި މާލިކީ މަޛްޙަބުގައިވާ ގޮތެވެ. މިބޭކަލުންގެ ޙުއްޖަތަކީ
ޢާއިޝާގެފާނުގެ އަރިހުން ރިވާވެގެންވާ ރިވާޔަތެކެވެ. އެކަމަނާވިދާޅުވިއެވެ. "كنتُ أغتسل أغتسل أنا والنبي صلى الله عليه وسلم من إناء واحد
كلانا جنبٌ ، وكان يأمرني فأتّزر فيباشرني وأنا حائض"[7] މާނައީ: "ތިމަންކަމަނާއާއި ނަބިއްޔާ
ޞައްލަﷲ ޢަލައިހިވަސައްލަމް އެއް ކަންވާތެއްގައި ނާނޭފުޅުފިއްލަވަމުއެވެ. އެހިނދު
ތިމަންކަމަނާއާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޖުނުބުވެރިހާލުގައި ވަމުއެވެ.
އަދި އެކަލޭގެފާނު ތިމަންކަމަނާއަށް އިޒާރެއް އަނުމަށް އަމުރުކުރައްވައެވެ.
އެއަށްފަހުގައި އެކަލޭގެފާނު ތިމަންކަމާއާ مباشرا ކުރައްވައެވެ. (ލޯބިކުރައްވާ ހައްދަވައެވެ.) އެހިނދު
ތިމަންކަމަނާވީ ޙަޞުގައެވެ."
އަދި ميمونةގެ އަރިހުން
ރިވާވެގެންވިއެވެ. އެކަމަނާވިދާޅުވިއެވެ. " كان
رسول الله صلى الله عليه وسلم يباشر نساءه فوق الإزار وهنّ حيّض "[8] މާނައީ: "ރަސޫލުﷲ ޞައްލަﷲ
ޢަލައިހިވަސައްލަމަ، އިޒާރެއްގެ މަތިން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން
ޙައިޟުގައިވާ ދުވަސްވަރު مباشرا ކުރައްވާ ހައްދަވާކަމުގައިވިއެވެ."
(ލޯބިކުރައްވާ ހައްދަވައެވެ.)
ތިންވަނަ ރަޢުޔު:
ހަމައެކަނި ފަރުޖުން
ދުރުވެގަތުން. މިއީ ޝާފިޢީ މަޛްހަބުގައިވާގޮތެވެ. އަދި މިއީ ޝައިޚް އަލްބާނީގެވެސް
ރަޢުޔެވެ. އެބޭފުޅުންގެ ޙުއްޖަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސްލަމްގެ އަންނަނިވި
ޙަދީޘް ބަސްފުޅެވެ. "اصنعوا كل شيء إلا النكاح "[9] މާނައީ: "ނިކާޙް ފިޔަވައު (އެބަހީ
ޖިމާޢުވުން ފިޔަވައި) ހުރިހާކަމެއް ކުރާށެވެ."
އަދި مسروقގެ ރިވާކުރެއްވިއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. (سألت
عائشة ما يحل للرجل من امرأته إذا كانت حائضاً؟ قالت : كلّ شيء إلاّ الجماع)[10] މާނައި: "ތިމަންކަލޭގެފާނު
ޢާއިޝާގެފާނާ ސުވާލުކުރެއްވީމެވެ. ފިރިހެނުންނަށް އެމީހުންގެ އަނބިން
ޙަޟުގައިވާދުވަސްވަރު ހުއްދަވަނީ ކިހާމިންވަރަކަށް ހެއްޔެވެ؟
އެކަމަނާވިދާޅުވިއެވެ. ޖިމާޢުވުންފިޔަވާ ހުރިހާކަމެއް ހުއްދައެވެ."
އަދި އެހެން
ރިވާޔަތެއްގައިވެއެވެ. (إن
مسروقاً ركب إلى عائشة فقال : السلام على النبي وعلى أهل بيته ، فقالت عائشة : أبو
عائشة مرحباً فأذنوا له ، فقال : إني أريد أن أسألك عن شيء وأنا استحي ، فقالت :
إنما أنا أمك وأنت ابني ، فقال : ما للرجل من امرأته وهي حائض؟ قالت : له كل شيء
إلا فرجها).[11] މާނައީ: "ހަމަކަށަވަރުން مسروق ޢާއިޝާގެފާނުގެ
އަރިހަށްދިޔައެވެ. އަދި ވިދާޅުވިއެވެ. "ނަބިއްޔާއަށް ސަލާމްހުއްޓެވެ. އަދި
އެކަލޭގެފާނުގެ ގޭގެ އަހުލުވެރިންނަށްވެސް ސަލާމްހުއްޓެވެ." އެހިނދު
ޢާއިޝާގެފާނު ވިދާޅުވިއެވެ. "أبو
عائشة އަށް މަރުޙަބާއެވެ."
އަދިއޭނާއަށް އިޛުނަދެއްވިއެވެ. އޭނާވިދާޅުވިއެވެ. "ހަމަކަށަވަރުން
ތިމަންކަލޭގެފާނު ކަމަނާގެއަރިހުން އެއްޗެއް އަހާލަންބޭނުންވެއެވެ. އެހެންނަމަވެސް
ތިމަންކަލޭގެފާނު ލަދުގަނެއެވެ." އެހިނދު އެކަމަނާވިދާޅުވިއެވެ. "އަހަކަށަވަރުން
ތިމަންކަމަނާއީ ކަލޭގެ މަންމައެވެ. އަދި ކަލެއަކީ އަހަރެންގެ ދަރިއެކެވެ."
ދެން އޭނާ ވިދާޅުވިއެވެ. "ފިރިހެނުންނަށް އެމީހުންގެ އަނބިން ޙައިޟުގައިވާދުވަސްވަރު
ހުއްދަވަނީ ކިހާމިންވަރަކަށް ހެއްޔެވެ؟ އެކަމަނާވިދާޅުވިއެވެ. ޖިމާޢުވުންފިޔަވާ
ހުރިހާކަމެއް ހުއްދައެވެ."
މިރަޢުޔަތުގެ ތެރެއިން
އެންމެ ރާޖިޙް ރަޢުޔެއްކަމަށް الصابوني
ވިދާޅުވެފައިވެއެވެ.
"މިރަޢުޔުތަކުގެ ތެރެއިން އެންމެ ރާޖިޙްވެގެންވަނީ ދެވަނަ ރަޢުޔެވެ. އެއީ ابن جرير الطبري ވެސް
ރާޖިޙްކުރައްވާފައިވާ ރަޢުޔެވެ. ފޫޅާއި ކަކުލާދެމެދު ނިވާކޮށްލުމުގައި
ޢިއްލަތެއްވެއެވެ. އެއީ އެކަންކުރުމުގެތެރޭގައި ފަހަރެއްގައި
ޖިމާޢުވެވިދާނެތީއެވެ. والله أعلم .
ދެވަނަ ޙުކުމް:
ޙައިޟުގެ ދުވަސްވަރު ޖިމާޢުވެއްޖެމީހާގެ
ކައްފާރާ
އަންހެނާ
ޙައިޟުގެދުވަސްވަރު ޖިމާޢުވުން ޙަރާމްކަމާމެދު ހުރިހާ ޢިލްމުވެރިން
އެއްބަސްވެލައްވައެވެ. އެހެންނަމަވެސް ޢިލްމުވެރިންގެމެދުގައި
ޚިޔާލްތަފާތުވެފައިވަނީ އެކަންކޮށްފިމީހާގެ މައްޗަށް ދެންވާޖިބުވެގެންވަނީ
ކޮންކަމަކާމެދުގާތޯއެވެ.
ޖުމްހޫރު ޢިލްމުވެރިން
ވިދާޅުވެފައިވެއެވެ. (مالك والشافعي وأبو حنيفة) އިސްތިޣުފާރުކޮށް ﷲއަށް ތައުބާވުންފިޔަވާ
އިތުރުއެއްވެސްކަމެއް އޭނާގެމައްޗަކަށެއްނުވެއެވެ.
އިމާމް އަޙްމަދު
ވިދާޅުވެފައިވެއެވެ. "ދީނާރެއް ނުވަތަ ދީނާރެއްގެ ދެބައިކުޅައެއްބައި
ޞަދަޤާތްކުރަންޖެހޭނެއެވެ." އެއީ ޢަބްދުﷲ ބުން
ޢައްބާސް ރަޟިޔަﷲ ޢަންހުމާ ރަސޫލުﷲ صلى الله عليه
و سلم ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްފުޅުގައިވާ
ފަދައިންނެވެ. "مَنْ يَأْتِي
امْرَأَتَهُ وَهِيَ حَائِضٌ يَتَصَدَّقُ بِدِينَارٍ أَوْ بنصْفِ دِينَارٍ"[12] މާނައީ: "އަނބިމީހާ ޙައިޟުގެޙާލުގައި
ޖިމާޢުވެއްޖެމީހާ، ދީނާރަކުން ނުވަތަ ދީނާރެއްގެ ދެބައިކުޅަ އެއްބައިން
ޞަދަޤާތްކުރާށެވެ. "
(ދީނާރަކީ ގާތްގަނޑަކަށް 4.25 ގުރާމު ރަނެވެ. އެހެންކަމުން
4.25 ގުރާމުގެ ރަނަށް ވާ ވަރަށް ރުފިޔާއިން
ޞަދަޤާތްކުރާނީއެވެ. ނުވަތަ އޭގެ ދެބައިކުޅައެއްބައިން
ޞަދަޤާތްކުރާނީއެވެ. އިސްވެދިޔަ ޙަދީޘްއަކީ ޝައިޚު
އަލްބާނީ ޞައްޙަ ކުރައްވާފައިވާ ޙަދީޘްއެކެވެ. އަދި އެކަލޭގެފާނުގެ ރަޢުޔަކީވެސް
މިއެވެ.)
އަދި ބައެއް ޙަދީޘް
ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ލޭހުއްޓާ ވަޠިޔަވެއްޖެނަމަ އެއްދީނާރެވެ. ލޭ
ނެތިސް ވަޠިޔަވެއްޖެނަމަ ދީނާރެއްގެ ދެބައިކުޅައެއްބައެވެ.
القرطبي ވިދާޅުވިއެވެ. "އިސްތިޣުފާރުކޮށް
ތައުބާވުންފިޔަވައި އިތުރު ކައްފާރާއެއް އެމީހަކަށްވާޖިބުނުވާނެއެވެ. އިބްނު
ޢައްބާސްގެ އަރިހުންރިވާވެގެންވާ ޙަދީޘާއި އެފަދަ އެހެން ޙަދީޘްތައް އެއީ
ޙުއްޖަތެއްނޫނެވެ. އަހަރެމެންނަށްވަނީ
އެއެއްޗެހިން ބަރީއަވުމުވެ."[13]
ތިންވަނަ ޙުކުމް:
ޙައިޟުގެ އެންމެކުރު މުއްދަތާއި އެންމެ ދިގު
މުއްދަތު
ޙައިޟުގެ ދިގު މުއްދަތާއި
ކުރުމުއްދަތާމެދު ޢިލްމުވެރިން ޚިޔާލުތަފާތުވެފައިވެއެވެ. ޢިލްމުވެރިންގެ
ބަސްފުޅުތައް މިކަމުގައި ތަފާތެވެ.
1. أبو حنيفة އާއި الثوري ވިދާޅުވިއެވެ. މަދުވެގެން ތިންދުވަހެވެ. ގިނަވެގެން ދިހަ
ދުވަހެވެ. މިބޭފުޅުންގެ ޙުއްޖަތަކީ أبي
أمامةގެ ޙަދީޘެވެ. އެއީ "أقل الحيض ثلاثة أيام وأكثره عشرة أيام" މާނައީ: "ޙައިޟުގެ
ކުރުމުއްދަތަކީ ތިންދުވަހެވެ. އަދި ދިގު މުއްދަތަކީ ދިހަ ދުވަހެވެ." الجصاص ވިދާޅިވިއެވެ. "فإن صحّ
هذا الحديث فلا معدل عنه لأحد"[14] މާނައީ: "މިޙަދީޘް
ޞައްޙަކަމުގައިވެއްޖެނަމަ އެކަކަށްވެސް މިޙަދީޘް ދުލެއްނުކުރެވޭނެއެވެ."
2. الشافعي އާއި أحمد ވިދާޅުވިއެވެ.
މަދުވެގެން އެއްރެއާ އެއްދުވާލެވެ. ގިބަވެގެން ފަނަރަ ދުވަހެވެ. މިބޭފުޅުންގެ
ޙުއްޖަތަކީ އަންނަނިވި ޙަދީޘެވެ. "تمكث
إحداهن شطر عمرها لا تصلي"[15] މާނައީ: "އަންހެނުން އެކަނބަލުންގެ އުމުރުގެ
ދެބައިކުޅައެއްބާގައި ނަމާދުނުކުރެއެވެ."
މިޙަދީޘްގައި އެވާ شطر އެއީ އަރަބިބަހުގައި
ދެބައިކުޅައެއްބައެވެ. އެހެންކަމުން މިޙަދީޘްފުޅުން ޙައިޟުގެ މުއްދަތުގެގޮތުގައި
ފަނަރަ ދުވަހުގެ މުއްދަތު ހިނގައިދާނެކަމަށް ދަލީލުކުރެވެއެވެ.
3. އިމާމް މާލިކުގެއަރިހުން އައިސްފައިވާ
މަޝްހޫރު ޤައުލަކީ، އަންހެނާ ޙައިޟުގެމުއްދަތު ކުރުވުމާއި ދިގުވުމުގައި
ވަކިމިންވަރެއް ކަނޑައެޅިފައެއްނެތެވެ. އެކަންބިނާވެފައިވަނީ އަންހެނުންގެ
ޠަބީޢަތުގެމައްޗަށެވެ. (މިއީ އިބްނުތައިމިޔާއާއު ޝައިޚް އަލްބާނީއާއި ޝައިޚް
އުޘައިމީންގެވެސް ރަޢުޔެވެ.)
تفسير آيات الأحكام ގެ މުޞަންނިފް ކަމުގައިވާ
الصابوني
ވިދާޅުވެފައިވެއެވެ. އެ އާޔަތުން
އަންހެނާގެ ޙައިޟުގެ ކުރުމުއްދަތެއްވެސް އަދި ދިގުމުއްދަތެއްވެސް
ދަލީލުކޮށްދީފައެއް ނެތެވެ. ބަޔާންވެއެދިޔަ ރަޢުޔުތަކަކީ ޢިލްމުވެރިންގެ
އިޖްތިހާދެވެ.
ހަތަރުވަނަ ޙުކުމް:
ޙައިޟުން ޠާހިރުވުމަށްފަހު ޖިމާޢުވުން
ހުއްދަވާ ވަގުތު
ޙައިޟުގެ ދުވަސްވަރު
އަންހެންކަނބަލުން ޠާހިރުވެއްޖެމަށްދާންދެން ޖިމާޢުވުމަކީ ޙަރާމްކަމެއްކަމަށް ﷲ
ތަޢާލާގެ ވަޙީބަސްފުޅުން ދަލީލުކުރެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. {وَلاَ تَقْرَبُوهُنَّ حتى يَطْهُرْنَ} މާނައީ: " އަދި އެކަނބަލުން طاهر ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ!"
އެހެންނަމަވެސް ޠޯހިރުވުމަކީ
ކޮބައިކަމާއިމެދުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލްތަފާތުވެފައިވެއެވެ.
1.
އަބޫހަނީފާގެ ރަޢުޔު:
އަންހެނާ ޙައިޟުން
ޠާހިރުވުމަކީ ލޭކެނޑުމެވެ. އޭނާ ފެންވެރުމުގެ ކުރިން ޖިމާޢުވުން ހުއްދައެވެ. އަންހެނާ އޭނާ ޙައިޟުގެ
އެންމެ ދިގުމުއްދަތު (10 ދުވަސް) ފަހަނައަޅާދިޔުމުން އޭނާ ފެންވެރުމުގެކުރިން
ޖިމާޢުވެވިދާނެއެވެ. އަދި 10 ދުވަހުގެ ކުރިން ލޭ ކެނޑިއްޖެނަމަ ފެންވެރުމުގެކުރިން
ޖިމާޢުވުން ހުއްދައެއްނުވާނެއެވެ. ނުވަތަ އޭނާގެމައްޗަށް ނަމާދުވަގުތުވަދެއްޖެއުމުގެ
ކުރިން ހުއްދައެއްނުވާނެއެވެ.
(ޝައިޚު އަލްބާނީ ވިދާޅުވެފައިވެއެވެ. "އަނބިމީހާ ޙައިޟުން ޠާހިރުވެ، އަދި ލޭއައުން ހުއްޓުމުން
ޢައުރަ ގުނަވަން ދޮވުމަށްފަހު ނުވަތަ
ވުޟޫކުރުމަށްފަހު ނުވަތަ ހިނައިގަތުމަށްފަހު އަނބިމީހާއާއި ޖިމާޢުވުން ހުއްދަވެގެންވެއެވެ.")
2. ޖުމްހޫރު ޢިލްމުވެރިންގެ
ރަޢުޔު ( مالك والشافعي وأحمد )
ޠާހިރުވުމުން އަންހެނާއާ
ޖިމާޢުވުން ހުއްދައެވެ. ޠާހިރުވުމަކީ ޖުނުބުން ޠާހިރުވާފަދައިން ފެނުން
ހިނައިގަތުމެވެ. އެހެންކަމުން ޙައިޟުގެ ލޭކެނޑުމާހަމައިން އަދި ފެންވެރުމަކުން
ޖިމާޢުވުން ހުއްދައެއްނުވާނެއެވެ. އެހެންނަމަވެސް ޖުނުބު އިނެއުމަކުން
ފެންވަރާފަދައިން ހިނައިގަނެފިނަމަ ހުއްދަވާނެއެވެ. (މިއީ ޝައިޚު އުޘައިމީންގެވެސް
ރަޢުޔެވެ.)
3. طاووس އާއި مجاهد ގެ ރަޢުޔު: ފަރުޖު ދޮވެލައި އަދި ނަމާދަށް ވުޟޫކުރާފަދައިން
ވުޟޫކޮށްލުމުން ފުދެއެވެ.
ޚިލާފު އުފެދުމަށް މެދުވެރިވި ސަބަބު
ﷲ އަޢާލާ
ވަޙީކުރައްވާފައިވެއެވެ. { وَلاَ تَقْرَبُوهُنَّ حتى يَطْهُرْنَ فَإِذَا تَطَهَّرْنَ
فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ الله } މާނައީ:
"އަދި އެކަނބަލުން ހިނައި طاهر ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ
އެކަނބަލުން طاهر ވެއްޖެނަމަ، ﷲ ތިޔަބައިމީހުންނަށް أمر ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ!"
އެންމެ ފުރަތަމަ އެވާ يَطْهُرْنَ ގައި ތަޝްދީދް އެއް ނެތެވެ. ދެވަނަ އަށް
އެވަނީ تَطَهَّرْنَ އެވެ. އޭގައި ތަޝްދީދުވަނީ ޖެހިފައެވެ.
އެހެންކަމުން طَهُر މި ލަފްޒު އެވަނީ
އިންސާނެއްގެ މަސައްކަތަކާއިނުލައި ޠާހިރު ވުމުގެ މާނާގައެވެ. އަދި تطهّر އެވަނީ އިންސާނާ އޭނާގެ ހަށިގަނޑު ފެނުންދޮވެ
ޠަހިރުކުރުމުގެ މާނާގައެވެ.
އަބޫހަނީފާގެ އަރިހުގައި (حتى يَطْهُرن) ވެސް އަދި { فَإِذَا تَطَهَّرْنَ } އެވަނީ އެއްމާނާގައެވެ. އެއީ އަނހެނާގެ
ޙައިޟުގެ ލޭ ކެނޑުމުން ޠާހިރުވީޢެވެ. މިމާނާގައެވެ.
އެހެންނަމަވެސް ޖުމްހޫރު
ޢިމްލުވެރިން މާނަކުރައްވާގޮތް ތަފާތެވެ. އެބޭކަލުން އެއާޔަތުގެ މާނައިގައި
މިފަދައިން ވިދާޅުވެއެވެ. "ولا
تقربوهنّ حتّى يغتسلن ، فإذا اغتسلن فأتوهن" މާނައީ: "އެކަނބަލުން ހިނައި
ޠާހިރުވެއްޖައުމަށްދާނދެން އެކަނބަލުންނާ ކައިރިނުވާށެވެ. އަދި އެކަނބަލުން
ހިނައިޠާހިރުވުމުން އެކަބަލުނކައިރިއަށް އަންނާށެވެ."
އަދިވެސް ޖުމްހޫރު
ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަހަރެމެންގެ ޤައުލު ޞައްޙަކަމަށް
ދަލީލުކޮށްދެނީ ﷲ ތަޢާލާ މިއާޔަތުގައި ހުކުމް ކަނޑައެޅުމުގައި 2 ކަމެއް
ޝަރުޠުކުރައްވާފައިވާ ވުމެވެ.
ފުރަތަމަ ޝަރުތަކީ ޙައިޟުގެ ލޭ ކެނޑުމެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ. ( حتى
يطهُرْن ) ދެވަނަ ޝަރުޠުކީ ފެނުން ހިނާ
ޠާހިރުވެގަތުމެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ( فإذا تطهّرن ) ޤުރުއާނުގައިވާ މިފަދަ އެހެން
މިޘާލެއްގައިވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. { وابتلوا اليتامى حتى إِذَا بَلَغُواْ النِّكَاحَ فَإِنْ آنَسْتُمْ
مِّنْهُمْ رُشْداً } [ النساء : 6 ] މާނައީ: " އަދި، ތިޔަބައިމީހުން يتيم ކުދިންގެ ގޮތް ބަލާށެވެ! އެކުދިން ކާވެނި ފުރާވަރަށް ދާނދެނެވެ. ފަހެ، އެއުރެންގެ ކިބައިން رُشْد (އެބަހީ މުދާ
ހޭދަކުރުމުގެ ޤާބިލިކަން) ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެއުރެންގެ މުދާތައް އެއުރެންނަށް ދޭށެވެ! " މި އާޔަތުގައިވާ ޙުކުމުގައިވެސް 2
ޝަރުޠެއްވެއެވެ.
ފުރަތަމަ ޝަރުޠަކީ އެކުދިން ކާވެނި ފުރާވަރަށް އެރުމެވެ.
ދެވަނަ ޝަރުތަކީ އެކުދިން رُشْد (އެބަހީ މުދާ ހޭދަކުރުމުގެ
ޤާބިލިކަން) ލިބުމެވެ.
ރާޖިޙްވެގެންވާގޮތް
الصابوني ވިދާޅުވެފައިވެއެވެ. އެންމެ ރާޖިޙުވެގެންވަނީ ޖުމްހޫރު
ޢިލްމުވެރިންގެ ބަހެވެ. އެހެނީ މާތް ﷲ އެކަމުގެ
ސަބަބު އެ އިލާހުގެ ވަޙީ ބަސްފުޅުގައި ބަޔާންކުރެއްވިއެވެ. { إِنَّ الله يُحِبُّ التوابين وَيُحِبُّ المتطهرين } މާނައީ: "ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ."
މިއާޔަތްތަކުގެ ظاهر މާނައަށް ބެލިކަމުގައިވިޔަސް މީގެ
މުރާދަކީ ހަށިގަނޑު ޙިއްސީގޮތުން ޠާހިރުކުރުމެވެ. އެއީ ހަށިގަނޑު ފެނުން
ރީއްޗަށްދޮވެ ފެންވެރުމެވެ. އަދި މިއީ شيخ المفسّرين الطبري އާއި العلاّمة ابن العربي އާއި الشوكاني ވެސް އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. والله تعالى أعلم .
ފަސްވަނަ ޙުކުމް
ޙައިޟުވެރިވެފައިވާ އަންހެނުންނަށް
ކުރުން ޙަރާމްވެފައިވާ ކަންތައްތައް
ނަމާދުކުރުމާއި، ރޯދަހިފުމާއި،
ޠަވާފުކުރުމާއި، މިސްކިތަށް ވަދުމާއި މުޞްޙަފުގައި ބީހުން ޙަރާމްވެގެންވާ ކަމާމެދު
ހުރިހާ ޢިލްމުވެރިން އިއްތިބާޤުވެލައްވައެވެ. والله أعلم .
މިއާޔަތްތަކުން ލިބިގެނދިޔަ އިރުޝާދުތައް
1.
އަންހެނާ، ޙައިޟުގެ ލޭ ކެނޑި ޠާހިރުވެއްޖައުމަށް ދާންދެން އެކަބަލުންނާ
ދުރުވެގަތުން ވާޖިބުކަން
2.
ޙައިޟުގެ ލޭ ކެނޑި ހިނައި ޠާހިރުވެއްޖެނަމަ ޖިމާޢުވުން ހުއްދަކަން
3.
އަންހެނާގެ ފުރަގަސްފަރާތައް ވަޠިޔަކުރުން ޙަރާމްވެގެންވުން
4.
ޙައިޟުގެ ދުވަސްވަރުގަޔާއި ފުރަގަސްފަރާތަށް ވަޠިޔުނުވެ، އެނޫން
ކޮންމެގޮތަކަށްވެސް އެކަނބަލުންނާ ގުޅުންހިނގިދާނެކަން
5.
ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ އެކަލާނގެ ނަހީތަކަށް
އަރާގަންނަމީހުންނަށް އިންޒާރުދެއްވާފައިވާކަން
خاتمة البحث
މިމަސައްކަތުގައި އެހީތެރިވެދެއްވި އަޚުންނަށް
ﷲ ހެޔޮޖަޒާދެއްވާށި!
ލިޔުނީ: މުއުތަމިން
އަޙްމަދު
މަޞްދަރު: تفسير
آيات الأحكام للصابوني
No comments:
Post a Comment