Blogger Widgets

Monday, September 17, 2012

ކަނޑުމެދުގައި އޮންނަ ޖަޒީރާއެއްގައި އުޅެމުން އައި ދެމަފިރިއެކެވެ. މި ދެމަފިރިންގެ ތެރެއިން އަނބިމީހާގެ ކަމަކީ އަބަދުވެސް ކޮންމެވެސް ކަމަކާ ޝަކުވާކުރުމެވެ. އެއްބައިފަހަރު އަތްމަތި ދަތިކަމުންނެވެ. އަނެއްބައިފަހަރު އުޅޭ ގެގަނޑު ކުޑަކަމުންންނެވެ. އަނބިމީހާގެ ޝަކުވާތައް އަޑުއަހާ ކޮންމެ ފަހަރަކު ފިރިމީހާ ބުނެއެވެ. "ޝަކުވާނުކޮށް ކެތްކޮށްލާށެވެ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ހެޔޮގޮތެއް ވާނެއެވެ."

....އިތުރަށް ވިދާޅުވުމަށް

Saturday, September 15, 2012

އެމެރިކާ މީހެއްގެ ހުވަފެނެއް

އެމެރިކާގެ ވިޔަފާރިވެރިއަކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖޭގެ ރިސޯޓަކަށް އައެވެ. މިގޮތަށް އައިސް އުޅުނު ދަތުރެއްގައި ރާއްޖޭގެ ރަށްފުށު ދިރިއުޅުން ހުންނަގޮތް ބަލައި ލުމުގެ ސައުޤުވެރިކަން އުފެދި އެފަދަ ރަށަކަށް ޒިޔާރަތް ކުރިއެވެ.

....އިތުރަށް ވިދާޅުވުމަށް

Friday, September 14, 2012

ދަރިވަރުންގެ ކިބައިގައި ހުރުން ވަރަށް މުހިންމު ހުނަރެއް

ކޮށްމެކަމަކީވެސް އެކަމުގެ ހުނަރާ ވައްޓަފާޅި އެގުމުން މެނުވީ، އެކަމަކުން ކުޅިފަސް ހޯދަން އުދަގޫވެދާނެ ކަމެކެވެ.  މަޢުލޫމާތު ހޯދަން ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. މަޢުޟޫއާ ގުޅޭ ފޮތެއް ނުފެނުނެވެ. ލައިބުރަރިގާ ވަރަށްގިނަ ވަގުތު ހޭދަކުރެވިއްޖެއެވެ. އަހަރެން މާޔޫސް ވެއްޖެއެވެ. މިކަމުގެ މަތިން އަހަރެން ފޫހިވެއްޖެއެވެ. މިކަހަލަ އުދަގޫ މަޢުލޫތަކަށް މަޢުލޫމާތު ހޯދާނީ ކިހިނެއްހެއްޔެވެ. ހަޤީގަތުގައިވެސް ދަރިވަރުންގެ ހިތުގައި މިފަދަ ސުވާލްތައް އުފެދި ކަންކަމުގައި މާޔުސްވެ "ހުއްޓުންއަރަން" ޖެހެނީ އެކަމަކާ ގުޅޭ މަޢުލޫމާތާއި ހުނަރު ލިބިފައި ނެތީމައެވެ. ހަމަ ހަޤީގަތުގައިވެސް ފޮތެއް އޮތަކަސް އެދުރެއްނުވާނެއެވެ އަދި ލައިބުރަރީއެއް ހުއްޓަކަސް ތިމާގެ މަޢުލޫމާތުގެ ޚަޒާނާ މުސްސަނދިވެ ތިމާ ކުރިއަރައެއް ނުދާނެއެވެ.

....އިތުރަށް ވިދާޅުވުމަށް

Tuesday, September 11, 2012

ޕީސް ފައުންޑެޝަންގެ ޙާއްސަ އިވެންޓެއް


އަށްޝައިޙް މުޙައްމަދު އިބްރާހީމްގެ ވަރަށް ޙާއްސަ އިވެންޓެއް ވިލިމާލޭ ސުޓޭޑިއަމްގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ.

....އިތުރަށް ވިދާޅުވުމަށް

Thursday, September 6, 2012

އިސްލާމްދީން ފެތުރުނު ގޮތްތައް

އާދެ. ދުނިޔޭގެ ޤައުމުތަކަށް އިސްލާމްދީން ފެތުރިފައިވާ ގޮތްތަކަށް ބަލާއިރު މައިގަނޑު ތަފާތު ހަތަރު ގޮތެއް ފާހަގަކުރެވެއެވެ. މި ހަތަރު ގޮތަށް ބަލާއިރުވެސް ދުނިޔޭގެ ޤައުމުތަކަށް އިސްލާމްދީން ފެތުރިފައިވަނީ އިސްލާމުން ފެނިދެނިވެ އެމީހުންގެ ގޮތްތައް ދަސްވެ އިސްލާމްދީންގެ ސީދާ ސާދާކަމާއި ފަސޭހަކަން ފެނި ތައުޙީދުގެ މަގަށް އެބަޔަކުގެ ހިތްލެބުމުންނެވެ.

....އިތުރަށް ވިދާޅުވުމަށް